-8402fff9.png)
އައިޝަތު ހިދާޔާ

ރާއްޖޭގައި މަސައްކަތްކުރާ ޑޮކްޓަރުންގެ ތެރެއިން 60 ޕަސަންޓު ޑޮކްޓަރުންނަކީ ބިދޭސީން ކަމަށް ހެލްތް މިނިސްޓަރު ގީލާ އަލީ މިއަދު ވިދާޅުވެއްޖެއެވެ.
ގީލާ މިފަދައިން ވިދާޅުވީ, މައްޗަންގޮޅި މެދު ދާއިރާގެ މެމްބަރު އަހްމަދު ޒަމީރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. މިނިސްޓަރު ވިދާޅުވީ ރަށްރަށުގައި ވެސް ސްޕެޝަލިސްޓު ޑޮކްޓަރުން ނުލިބި ގިނަދުވަސް ވަނީ އެ ޚިދުމަތްދޭ ބިދޭސީ ޑޮކްޓަރުން ކޮންމެވެސް ސަބަބަކާ ހުރެ ޚިދުމަތުން ވަކިވުމުން ކަމަށެވެ. މިފަދައިން ޑޮކްޓަރުން ޚިދުމަތުން ވަކިވުމުން އިތުުރ ޑޮކްޓަރަކު ހޯދަން އިދާރީގޮތުން ކުރަންޖެހޭ ވަރަށް ގިނަ ކަންކަން ހުންނަކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ އަހަރު ސިއްހީ ޚިދުމަތުގައި 12,000އަށްވުރެ ގިން މީހުން ތިބި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އޭގެތެރޭގައި އަތޮޅުތެރޭ 7000އަސްވުރެ ގިނަ ޚިދުމަތްތެރިން އަދި މާލޭގައި 5000އަށްވުރެ ގިނަ ޚިދުމަތްތެރީން ތިބިކަމަށް މިނިސްޓަރު ވިދާޅުވިއެެވެ.
"މީގެތެރޭގައި ބިދޭސީންގެ އަދަދަކީ 3500އަށްވުރެ ބޮޑު އަދަދެއް, އަޅުގަނޑުމެން އުންމީދު ކުރަނީ ސިްހީ ކިުދމަތަކީ ގިނަ އަދަދެއްގެ ދިވެހިންނާއެކު ފޯރުކޮށްދެވޭ ޚިދުމަތަކަށް ވާނެ ކަމަށް" މިނިސްޓްރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ, މި ދާއިރާގައި ދިވެހިން ގިނަ ކުރުމަށް މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގައި މިހާރު ވެސް ތަމްރީނުތައް ފޯރުކޮށްދެމުން ދާކަމަށެވެ.
"އުންމީދު ކުރަނީ ގިނަ އަދަދެއްގެ ދިވެހިން މި ކޯސްތަކަށް ކުރިމަތިލާ މި ޚިުދމަތަކީ ހަމަ ގިނަ އަދަދެއްގެ ދިވެހިނާއެކު ފޯރުކޮށްދެވޭ ޚިދުމަތަކަށް ވާނެކަމަށް," މިނިސްޓަރު ވިދާޅުވިއެވެ.

ގާތްގަނޑަކަށް 2 މަސް ކުރިން
3 މަސް ކުރިން

3 މަސް ކުރިން

5 މަސް ކުރިން

5 މަސް ކުރިން

5 މަސް ކުރިން

5 މަސް ކުރިން

6 މަސް ކުރިން