-8402fff9.png)
ފާތިމަތު މިޝްކާ

ދިވެހި ބަހުގެ އެކި ބަހުރުވުތައް ވެރިންނާއި ވަޒީރުންނަށް ނޭންގުމަކީ ވަރަށް ދެރަ ކަމެއްކަމަށް އައްޑޫ ސިޓީ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.
ސިއްހަތާއި އާއިލާއާ ބެހޭ ވަޒީރު ގީލާ އަލީ މަޖިލީހަށް ހާޒިރުކުރައްވައި މެމްބަރުން ކުރެއްވި ސުވާލުތަކުގެ ތެރެއިން ހިތަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ސޯދިގު (ސޯބެ) އައްޑޫ ބަހުރުވައިން ކުރެއްވި ސުވާލަށް ވަޒީރު ގީލާ ޖަވާބު ދެއްވާފައެއް ނުވެ އެވެ. އެއީ އައްޑޫ ބަހުރުވައިން އެ ސުވާލު ކުރެއްވުމުން މެމްބަރު ސޯބެ ވިދާޅުވި އެއްޗެއް ފަހުމުނުވުމުކަމަށް ގީލާ ވިދާޅުވި އެވެ.
މެމްބަރު ސޯބެ އައްޑޫ ބަހުން ސުވާލު ކުރެއްވީ އައްޑޫ އެކުއެޓޭރިއަލް ހޮސްޕިޓަލުން ނަފްސާނީ ބައްޔަށް ބޭނުންވާ ބައެއް ބޭސްތައް ނުލިބޭ ކަމަށް ޝަކުވާ ލިބެމުންދާތީ އެކަމަށް ލިބޭނެ ހައްލަކީ ކޮބައިތޯ އާއި އަދި އެ ހޮސްޕިޓަލުގެ އާ އިމާރާތް އަޅަން ފެށޭނެ ދުވަހަކާ މެދުގަ އެވެ.
ސޯބެ ސުވާލުކުރެއްވިއިރު، ސުވާލުގައި ވިދާޅުވި އެއްޗެއް ނޭންގޭ މިންވަރަށް އައްޑޫ ބަހުރުވަ އާއި އާންމުކޮށް ވާހަކަ ދައްކައި އުޅޭ ބަހުރުވައާ ތަފާތެއް ހުރިކަން ފާހަގައެއް ނުވެ އެވެ.
ވަޒީރު ގީލާ ވިދާޅުވީ އެ ކަމަނާއަކީ އައްޑޫއަށް ނިސްބަތްވާ ބޭފުޅަކަށް ނުވާތީ އައްޑޫ ބަހުން ސުވާލުކުރެއްވުމުން އެ ކުރެއްވި ސުވާލު ސާފު ނުވި ކަމަށެވެ. އެހެންނަމަވެސް އައްޑޫ ހޮސްޕިޓަލުގެ މަސައްކަތް މި އަހަރު އޮގަސްޓު މަހުގެ ތެރޭގައި ފެށޭނެ ކަމަށް ވިދާޅުވި އެވެ.
ނަފްސާނީ ބައްޔަށް ބޭނުންވާ ބައެއް ބޭސްތައް ނުލިބޭކަމުގެ ޝަކުވާއާ ގުޅޭގޮތުން ގީލާ ޖަވާބު ދެއްވާފައެއް ނުވެ އެވެ.
މިދިޔަ މަޖިލީހުގެ ރައީސްކަން ވެސް ކުރެއްވި މެމްބަރު އަސްލަމް ވިދާޅުވީ އައްޑޫ ބަހުރުވައަކީ ވެސް ދިވެހި ބަސް ކަމަށެވެ. ރައީސުންނާއި ވަޒީރުންނަށް ދިވެހިންގެ ތެރެއިން ބަޔަކު ވާހަކަ ދައްކާ ބަހުރުވަ ނޭންގުމަކީ ދެރަ ކަމެއް ކަމަށް ވިދާޅުވި އެވެ.
"މަށަކުވާ ތިޔަ ރަށެއް ނޫން! ތަ ތިކިޔާ އެއްޗެއް މަށަކަށް ނޭގެއޭ ބުނުމުގެ ބަދަލުގައި، އެކިޔާ އެއްޗެއް އޮޅުން ފިލުވައިގެން ޖަވާބުދާރީ ވުމަކީ ވަޒީރުގެ މަސްޢޫލިއްޔަތު" އަސްލަމް ވިދާޅުވި އެވެ.
ގީލާ އެފަދައިން ވިދާޅުވެ ސޯބެގެ ސުވާލަށް ޖަވާބު ނުދެއްވައި ދޫކޮށްލެއްވުމުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.

ގާތްގަނޑަކަށް 2 މަސް ކުރިން
2 މަސް ކުރިން

3 މަސް ކުރިން
3 މަސް ކުރިން

3 މަސް ކުރިން

3 މަސް ކުރިން

3 މަސް ކުރިން

3 މަސް ކުރިން