-8402fff9.png)
އައިޝަތު ހިދާޔާ

ސަރުކާރު ހިންގާ ޕާޓީ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޔޫތް ވިންގު މެމްބަރު ކަމަށް އެ ޕާޓިގެ ޒުވާން މެމްބަރު އަހްމަދު ޔައިޝް މުހައްމަދު ކުރިމަތި ލައިފިއެވެ.
"ނުކުތާ"އާ ވާހަކަ ދައްކަމުން ޔައިޝް ބުނީ, އޭނާ މި މަގާމަށް ކުރިމަތިލާން ނިންމީ ޒުވާނުންނަށް ސިޔާސީ ގޮތުން އިތުރު ފުރުސަތުތައް ފަހިކޮށްދިނުމުގެ މަގުސަދުގައި ކަމަށެވެ.
"ދެން ޒުވާނުންގެ ހުރި ކަންބޮޑުވުންތައް ޔޫތް ވިންގުގެ މެމްބަރެއްގެ ހައިސިއްޔަތުން ގެންދެވޭނެ އެންމެ މަތީ ފަރާތަކާ ހަމައަށް ގެންދިއުން މަގުސަދަކީ," އޭނާ ބުންޏެވެ.
އޭނާ ބުނީ ގެންގުޅޭނީ ޔޫތް ވިންގުގެ އެކި ހަރަކާތްތަކުގައި ގުޅިގެން މަސައްކަތް ކުރުމުގެ ރޫހެއް ކަމަށެވެ.
ޔައިޝް ސިޔާސީ މަސައްކަތުގެ ތެރެއަށް ނުކުތީ 2019ވަނަ އަހަރު ޕްރޮގްރެސިވް ޕާޓި އޮފް މޯލްޑިވްސް (ޕީޕީއެމް) އިންނެވެ. އެއަށްފަހު 2024ވަނަ އަހަރު ޕީއެންސީއަށް ސޮއިކޮށް އެ ޕާޓީގެ މަސައްކަތްތަކުގައި އޭނާ ހަރަކާތްތެރިވާން ފެށިއެވެ.
އޭނާ ވަނީ ގަލޮޅު ދެކުނު ދާއިރާގެ ޕީއެންސީ ކެމްޕެއިން މެނޭޖަރުކަން ފާއިތުވި ތިން އިންތިޚާބުގައި ވެސް އަދާކޮށްފައެވެ. މި ތިން އިންތިހާބު ޕިއެންސީއަށް ކާމިޔާބު ކޮށްދިނުމަށް ވެސް އޭނާ ގިނަ މަސައްކަތްތަކެއް ކޮށްފައި ވެއެވެ.
އެގޮތުން, 2023ވަނަ އަހަރު ޕީއެންސީއަށް ވެރިކަން ކާމިޔާބުކޮށްދިނުމަށް ވެސް ގިނަ މަސައްކަތްތަކެއް ކޮށްދިންކަން ޔައިޝް ވަނީ ފާހަގަކޮށްފައެވެ.
"އެ އިންތިޚާބުގައި ދާއިރާގެ ހުރިހާ ފޮއްޓެއް ކާމިޔާބުކުރެވުން," އޭނާ ބުންޏެވެ.
ޔައިޝް ވަނީ ޕީއެންސީގެ ގަލޮޅު ދެކުނު ދާއިރާގެ ޒުވާން ރައީސްކަން ވެސް ދެ ދައުރުގައި ޖެހިޖެހިގެން ކޮށްފައެވެ. އޭނާ މިހާރު މަސައްކަތް ކުރަނީ ފިނޭންސް މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރެއްގެ މަގާމުގައެވެ.
ޔައިޝް ބުނީ އޭނާއަށް ސިޔާސީ ގޮތުން ކުރިއަށް ދިއުމަށް އެންމެ ބޮޑު ހިތްވަރެއް ލިބެނީ މާލެ ސިޓީ ކައުންސިލުގެ ގަލޮޅު ދެކުނު ދާއިރާގެ ކައުންސިލަރުކަން ކުރައްވާފައިވާ އިބްރާހީމް މުޙައްމަދު (އިބުޓީ)ގެ ފަރާތުން ކަމަށެވެ.
ޕީއެންސީ ޔޫތު ވިންގުގައި ރައީސަކާއި ނައިބު ރައިސަކު ވެސް ހިމެނޭނެއެވެ.

ގާތްގަނޑަކަށް 18 ގަޑިއިރު ކުރިން

2 މަސް ކުރިން

2 މަސް ކުރިން
2 މަސް ކުރިން

2 މަސް ކުރިން
2 މަސް ކުރިން

2 މަސް ކުރިން

2 މަސް ކުރިން