-8402fff9.png)
ސައިފުﷲ އަލީ

ރަސްމާލޭގެ ބިން ހިއްކުމުގެ މަސައްކަތް މި އަހަރުގެ ނިޔަލަށް ނިމޭނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
"އަހާ" ފޯރަމްގައި މީހަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މުއްތަލިބު ވިދާޅުވީ އަމާޒަކީ މި އަހަރުގެ ނިޔަލަށް ރަސްމާލޭގެ ބިން ހިއްކައި ނިންމުން ކަމަށާއި ނަމަވެސް ކުޑަ މިންވަރެއް ނުހިއްކި ހުރުން އެކަށީގެންވާ ކަމަށެވެ.
ރަސްމާލޭގެ ބިންހިއްކުމުގެ މަޝްރޫއަށް ޖުމްލަ 330 މިލިއަން ޑޮލަރު ހަރަދުވާނެ ކަމަށާއި އެކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުން ދައްކަނީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ.
ކުރިން ލަފާކުރީ މި މަޝްރޫއަށް 500 މިލިއަނާއި 700 މިލިއަން ޑޮލަރާ ދެމެދުގެ އަދަދެއް ހަރަދުވާނެ ކަމަށެވެ. އެއީ ހިއްކި ސަރަހައްދު ހިމާޔަތްކުރުމުގެ މަސައްކަތާއެކު އޭރުގެ މާކެޓް އަގުތަކަށް ބަލައިގެން ކުރި އަންދާޒާއެއް ކަމަށް މުއްތަލިބު ވިދާޅުވިއެވެ.
ރަސްމާލެއިން 1000 ހެކްޓަރުގެ ބިން ހިއްކަން ވަނީ ނިންމާފައެވެ. ރާއްޖޭގައި މިހާތަނަށް ހިންގާ އެންމެ ބިޔަ ތަރައްގީގެ މަޝްރޫއު ރަސްމާލޭގައި ހިންގަން ދުބާއީގެ އީގަލް ހިލްސް ކުންފުންޏާ ހަވާލުކުރަން ސަރުކާރުން ވަނީ ނިންމާފައެވެ.

4 ދުވަސް ކުރިން

10 ދުވަސް ކުރިން

19 ދުވަސް ކުރިން

ގާތްގަނޑަކަށް 1 މަސް ކުރިން

ގާތްގަނޑަކަށް 1 މަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން
ގާތްގަނޑަކަށް 2 މަސް ކުރިން
2 މަސް ކުރިން