-8402fff9.png)

މިއަދު ވެސް މުޅި ރާއްޖެއަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާ, މެޓުން މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
މެޓުން މި ސަމާލު ނެރެފައި ވަނީ, ހެނދުނު 9:30އިން ފެށިގެން މެންދުރު 2:00އާ ހަމައެޘެވެ. އެ އިދާރާއިން ބުނީ, މުޅި ރާއްްޖެއަށް ވެސް ޯކޮށް ވާރޭވެހުމާއެކު ވިލާގަނޑުގައި ގަޑިއަކު 40 މޭލަސް ވައި ގަދަވާނެ ކަމަށް ބެލެވޭ ކަމަށެވެ. ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެކަމަށް ވެސް ލަފާކޮށްފައި ވާއިރު, މޫސުމަށް ސަމާލުވުމަށް ހުރިހާ ފަރާތްތަކަށް ވެސް މެޓުން ވަނީ އިލްތިމާސްކޮށްފައެވެ.
މިއަދު ފަތިހު ވެސް ވަނީ މުޅި ރާއްްޖެއަށް ހުދު ސަމާލު ނެރެފައެވެ. އެ ސަމާލު ނެރެފައި ވަނީ 4:30އިން ފެށިގެން ހެނދުނު 9:30އާ ހަމައަށެވެ.
ވޭތުވެދިޔަ 24 ގަޑިއިރު ވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހިފައި ވެއެވެ. އެގޮތުން, ސ. ގަމަށް 100.5 މިލިމީޓަރުގެ ވާރޭ ވެހިފައިވާއިރު, ސ. ހިތަދޫއަށް 80.9 މިލިމީޓަރުގެ ވާރޭ ވެހިފައި ވެއެވެ. އަދި ގދ. ތިނަދޫއަށް 87.6 މިލިމީޓަރުގެ ވާރޭވެހިފައިވާއިރު ޏ. ފުވައްމުލަކަށް 69.0 މިލިމީޓަރުގެ ވާރޭ ވެހިފައި ވެއެވެ. މިއީ ވޭތުވެދިޔަ 24 ގަޑިއިރުތެރޭ އެންމެ ގިނައިން ވާރޭ ވެހިފައިވާ ހަތަރު ސަރަހައްދެވެ.

5 ދުވަސް ކުރިން

9 ދުވަސް ކުރިން

10 ދުވަސް ކުރިން
-fcac83a1.jpg)
14 ދުވަސް ކުރިން
-ac1fd277.jpg)
25 ދުވަސް ކުރިން

29 ދުވަސް ކުރިން

30 ދުވަސް ކުރިން

2 މަސް ކުރިން