-8402fff9.png)
އައިޝަތު ހިދާޔާ

މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މަޖިލީހުގެ ރިޔާސަތުގައި / ފޮޓޯ: މަޖިލީހުގެ އިދާރާ
ދައުލަތުގެ ފައިސާއިން ނުވަތަ "ޓެކްސް ފައިސާ"އިން އެއް ބަޔަކު އަމިއްލަ މުއްސަނދިކަން ހޯދާއިރު, މި ސަރުކާރުން އެ ފައިސާ ބޭނުންކުރަނީ ބަޔަކު ބަނގުރޫޓުކޮށްލި ގައުމެއް ސަލާމަތްކޮށް އިގްތިސާދު ކޮޅަށް ޖަހަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله މިއަދު ވިދާޅުވެއްޖެއެވެ.
އަބްދުއްރަހީމް މިފަދައިން ވިދާޅުވީ, ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅާފައިވާ ބިލާ ގުޅޭ ބަހުސްގައި އެމްޑީޕީ މެމްބަރުންނަށް ރައްދުދެއްވަމުންނެވެ.
މި ބިލު ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހެވެ.
މި ބިލަށް ބަހުސް ކުރައްވަމުން ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ވަނީ މި ބިލުން ނުކުންނަ ނަތީޖާއަކާ ގުޅޭގޮތުން ސުވާލު އުފައްދަވައިފައެވެ.
"ފައިސާ ހޯދައިގެން ކީއްހޭ ވީ? އަޅުގަނޑުމެންނަށް ކީއްތޯއޭ ކުރެވުނީ," ކުޑޫ ވިދާޅުވިއެވެ.
މީގެއިތުރުން ވައިކަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ހުސައިން ޒިޔާދު (ފިއްޓޭ)ވެސް ވަނީ މި ބީދައިން ވާހަކަ ދައްކަވާފައެވެ. އޭނާ ވިދާޅުވީ ޓެކްސްގެ ގާނޫނަށް މާ އަވަސްއަވަހަށް އިސްލާހު ގެންނަނަމަ ވިޔަފާރުވެރިންނާއި ރައްޔިތުންގެ ވެސް އިތުބާރު ގެއްލޭނެ ކަމަށެވެ.
މި ސަރުކާރުން ރައްޔިތުންނަށް އެތައް ތަސައްވުރެއް ދައްކާކަން ފާހަގަކުރައްވާ ޒިޔާދު ވިދާޅުވީ, ކަން ހިނގަނީ އެ ދައްކާ ތަސައްވުރާ ދިމާ އިދިކޮޅަށް ކަމަށެވެ. ޑޮލަރުގެ މައްސަލައިގައި ވެސް ކަން ހިނގީ މިގޮތަށް ކަމަށާއި, ބޭސް ހޯދަން ދިމާވާ ގޮންޖެހުންތައް ހައްލުކުރާނެކަމަށް ދެއްކި ތަސައްވުރަށް ވެސް ވީ މިފަދަ ގޮތެއް ކަމަށް ޒިޔާދު ވިދާޅުވިއެވެ.
އޭނާ ވަނީ މިފަދައިން ހައްލު ނުވާ އެތައް މައްސަލައެއް ފާހަގަކުރައްވާފައެވެ.
މި ވާހަކައަށްފަހު ރިޔާސަތުގައި އިންނަވައި އަބްދުއްރަހީމް ވަނީ, ދައުލަތަށް ހޯދާ ފައިސާއިން ކުރަނީ ކޮން ކަމެއްތޯ ބައެއް މެމްބަރުން ވަރަށް ގިނައިން ރިޔާސަތާ ސުވާލުކުރައްވާކަމަށް ވިދާޅުވެފައެވެ. މި ސުވާލުތަކަށް ރިޔާސަތުން ޖަވާބުދާރީވާންޖެހޭނެކަމަށް ގަބޫލުފުޅުނުކުރައްވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ނަމަވެސް, ފައިސާ ހޯދައިގެން އެކި ބޭފުޅުން ކުރައްވާނީ އެކި ކަންތައްކަން ފާހަގަކުރައްވަން ބޭނުންފުޅުވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އެއްބައިބޭފުޅުންމި ކުރައްވާ ކަމަކީ އެ ބޭފުޅުންގެ އަމިއްލަ ޖީބު ބޮޑުކުރައްވަނީ. އަމިއްލަ ކުންފުނިތައް މުއްސަނދިކުރައްވަނީ. އަނެއްބައ ބޭފުޅުން މި ކުރައްވާ ކަމަކީ މި ދެންނެވިގޮތަށް އަމަލު ކުރެއްވި ބޭފުޅުން އެއަމަކު ކުރައްވައިގެން ބަނގުރޫޓު ކޮށްލާފައިވާ ގައުމު އަލުން ސަލާމަތްކުރައްވާ އިންގިސާދު ނަގައި ކޮޅަށް ޖައްސަވައި ދަރަނިތައް ދައްކަވަނީ," އަބްދުއްރަހީމް ވިދާޅުވިއެވެ.
މިއަދު ދިވެހީންނަށް ސަލާމަތުން އޮތް ގައުމެއް ލިބުނީ އެ ފައިސާ އެގޮތަށް ބޭނުންކުރުމުން ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
"އެއީ ރައްޔިތުންނާއި ގައުމަށް ޓެކްސް ފައިސާ ހޯދައިގެން މި ސަރުކާރުން ކޮށްދެމުން ގެންދަވާ ކަންތައްތަކަކީ," އަބްދުއްރަހީމް ވިދާޅުވިއެވެ.
ދައުލަތުގެ ފައިސާއިން އެއްބަޔަކު މުއްސަނދިކަން ހޯއްދެއްވިކަމަށް ތުހުމަތު ކުރެއްވިއިރު, އެއީ ކޮން ބައެއްކަމެއް އަބްދުއްރަހީމް ހާމައެއް ނުކުރައްވައެވެ.

3 ދުވަސް ކުރިން

4 ދުވަސް ކުރިން

16 ދުވަސް ކުރިން

23 ދުވަސް ކުރިން
-9d59190a.jpg)
25 ދުވަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން

2 މަސް ކުރިން
-47823f59.jpg)
3 މަސް ކުރިން