-8402fff9.png)
އައިޝަތު ހިދާޔާ

ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ---
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރިކަން ސާބިތުވެ ހުކުމް ތަންފީޒުކުރަންޖެހޭ 240 މީހުންގެ ތެރެއިން 20 މީހުން ތިބީ ގޭބަންދުގައި ކަމަށް ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) މިއަދު މަޖިލީހުގައި ވިދާޅުވެއްޖެއެވެ.ު
ކުޑޫ މިފަދައިން ވިދާޅުވީ, މިހާރު މަޖިޅީހަށް ހުށަހަޅާފައިވާ މަރުގެ އަދަބު ތަންފީޒުކުުރުމުގެ ބިލަށް ބަހުސް ކުރައްވަމުންނެވެ. އޭނާ ވިދާޅުވީ, މިފަދަ މީހުން އެންމެ ގިނައީ މާލޭ ސަރަހައްދުގައި ކަމަށާއި މިއީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށެވެ.
"މިހާ ހިސާބުން އަޅުގަނޑުމެންގެ ސުވާލަކީ އަދުލު އިންސާފު ގާއިމްކުރެވޭތޯއޭ އަޅުގަނޑުމެންނަށް," އޭނާ ސުވާލުކުރެއްވިއެވެ.
މައްސަލަތައް މިފަދަ ގޮތަކަށް ހުރިހާ ހިނދަކު މަރުގެ ހުކުމް ހަމަހަމަކަމާއެކު ތަންފީޒު ކުރެވިދާނެކަމާމެދު އޭނާ ވަނީ ސުވާލު އުފައްދަވައިފައެވެ. ރާއްޖޭގައި ކޮރަޕްޝަންގެ މައްސަލަތައް ބޮއްސުންލާފައިވާކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ މިސްކިތްތައް ބިނާކުރުމުން ފެށިގެން ހައްޖު ކޯޓާއާ ހަމައަށް ވެސް ކޮރަޕްޝަން ފޯރާފައިވާކަމަށެވެ. އެހެންކަމުން މަރުގެ ހުކުމް ރަނގަޅަށް ތަންފީޒު ކުރެވިދާނެކަމާމެދު ޝައްކުވާކަމަށް ކުޑޫ ވިދާޅުވިއެވެ.
"ވަރަށް އިންސާފުވެރި ޝަރީއަތެއް ކޮށްގެން ނޫނިއްޔާ މީހެއްގެ ފުރާނަ ނަގައިލައިގެން ނުވާނެ. ރާއްޖޭގެ ޖިނާއި އަދުލުގެ ނިޒާމުގައި ބޮޑެތި މައްސަލަތައް ހުރިކަން މިއީ އަޅުގަނޑުމެން ދެބަސް ނުވާނެ ހަގީގަތެއް," ކުޑޫ ވިދާޅުވިއެވެ.
ކުޑޫ ވިދާޅުވީ އެންމެ ބޮޑު ކަންބޮޑުވުމަކީ މި ބިލު ގާނޫނަކަށް ވުމުން މީހުން ފްރޭމް ކޮށްގެން މީހަކު މަރާހިސާބަށް ގޮސްދާނެތޯ އުފެދޭ ސުވާލުކަމަށް އޭނާ ވިދާޅުވިއެވެ.
މަރުގެ އަދަބާ ބެހޭ ބިލުގައި ޕެނަލްއެއް އެކުލަވާލަން ލާޒިމްކުރެއެވެ. މި ޕެނަލްގައި މަޖިލިސް މެމްބަރަކު ހިމަނަން ހުށަހަޅާފައިވާއިރު, މި މެމްބަރަކީ ބިލާ ދެކޮޅަށް އެއްޗެއް ބުނި މެމްބަރަކަށް ވެގެން ނުވާނެކަމަށް ބިލުގައި ވާކަން ކުޑޫ ފާހަގަކުރެއްވިއެވެ.
މިކަމާ ގުޅިގެން ކުޑޫ ވިދާޅުވީ, ބިލާ ގުޅިގެން ކުރާ ބަހުސަކީ ބިލާ ދެކޮޅަށް ދައްކާ ވާހަކަކަމުގައި ބަލައިގެން ނުވާނެކަމަށެވެ. މަރުގެ އަދަބު ދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށް ކުޑޫ ވިދާޅުވިއެވެ.
"އަޅިގަނޑުމެންގެ އަދުލު އިންސާފު މިއޮތް ހިސާބުން މިކަން މިވަގުތު ކުރުމަކީ އެންމެ ރަނގަޅު ކަމެއް ބާވައޭ," ވާހަކަ ނިންމަވާލައްވަމުން ކުޑޫ ވިދާޅުވިއެވެ.

3 ދުވަސް ކުރިން

16 ދުވަސް ކުރިން

23 ދުވަސް ކުރިން

24 ދުވަސް ކުރިން
-9d59190a.jpg)
25 ދުވަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން

2 މަސް ކުރިން
-47823f59.jpg)
3 މަސް ކުރިން