-8402fff9.png)
އައިޝަތު ހިދާޔާ

ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ)
ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އަބުރު ރައްކާތެރިކުރުމުގެ ބިލުގެ ބޭނުމަކީ އަބުރު ރައްކާތެރިކުރުން ނޫންކަމަށާއި މި ބިލުގެ ބޭނުމަކީ ކޮރަޕްޝަންގެ ވާހަކަ ދެއްކުން ހުއްޓުވުންކަމަށް ވައިކަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ހުސައިން ޒިޔާދު (ފިއްޓޭ) މިއަދު ވިދާޅުވެއްޖެއެވެ.
ޒިޔާދު މިފަދައިން ވިދާޅުވީ, ސަރުކާރުގެ ފަރާތުން ވިލިމާލޭ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއީލް ހުށަހެޅުއްވި ނަމާއި އަބުރު ރައްކާތެރިކުރުމުގެ ހައްގުގެ ބިލަށް މަޖިލީހުގައި ބަހުސް ކުރައްވަމުންނެވެ.
ޒިޔާދު ވިދާޅުވީ މިފަދަ ބިލެއް 2016ވަނަ އަހަރު ވެސް މަޖިލީހަށް ހުށަހެޅި ކަމަށެވެ. އޭރުވެސް މިހާރުވެސް މި ބިލުގެ މައިގަނޑު މަގުސަދަކީ ސަރުކާރުގެ ކޮރަޕްޝަންތަކާ ގޯސް ކަންކަން ފޮރުވުން ކަމަށެވެ.
މީހެއްގެ އަބުރު ގެއްލެނީ ހަމައެކަނި ބުނެލާއެއްޗަކުން ނޫންކަން ފާހަގަކުރައްވާ ޒިޔާދު ވިދާޅުވީ, އެއްޗެއް ނުބުނެ ހަނު ހުރުމުން ވެސް އަބުރު ގެއްލޭ ކަމަށެވެ. މިސާލެއްގެ ގޮތުން އޭނާ ވަނީ ޕީއެންސީގެ ބައެއް މަޖިލިސް މެމްބަރުންނާމެދު މި 20ވަނަ މަޖިލީހުގައި ކަންހިނގާފައިވާގޮތް ކިޔައިދެއްވާފައެވެ. ވަކި ބިލަކާ ދެކޮޅުވެ ބިލާ އެއްކޮޅަށް ވޯޓު ނުދެއްވުމުން މެމްބަރަކު އަމިއްލާ ޕާޓީގެ ޕާލިމަންޓްރީ ގްރޫޕުން ވަކި ކުރިކަމަށް އޭނާ ވިދާޅުވިއެވެ. ހަމައެފަދައިން ޕީއެންސީ މެމްބަރަކު ކުރެއްވި އެންމެ މެސެޖަކުން އާއިލާ އެންމެންގެ ވަޒީފާ ގެއްލުނުކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"އަބުރު ގެއްލިގެން އެދަނީ. މުޅި އާއިލާ އެންމެން ވަޒީފާއިން ކަނޑާލީ ކުރި އެންމެ ކަމެއްގައި," އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން މަޖިލީހުގެ ކުރީގެ ނައިބު ރައީސް ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމަށް ޖެހުނު ހާލު ވެސް ޒިޔާދު ވަނީ ފާހަގަކުރައްވާފައެވެ.
"މިއަދު ނާޒިމަށް އެ ހާލަތު ދިމާވެފައި އެ އޮތީ މޯލްޑިވް ގޭސްގެ (ކޮރަޕްޝަންގެ) ވާހަކަ ދެއްކީމައި އޭގެ ނަތީޖާއެއީ," ޒިޔާދު ވިދާޅުވިއެވެ.
އެހެންކަމުން މި ބިލަކީ އެއްވެސް ހާލަތެއްގައި ރައްޔިތެއްގެ އަބުރު ހިމާޔަތްކުރަން ހަދާ ބިލެއް ނޫންކަމަށާއި މިއީ ކޮރަޕްޝަންގެ ވާހަކަ ދެއްކުން ހުއްޓުވަން ހަދާ ބިލެއްކަމަށް އޭނަ ވިދާޅުވިއެވެ. މި ބިލުގައި ސާފު ނުވާގޮތަށް ފުން މާނަތަކެއް އެކުލެވޭކަމަށާއި ބޮޑެތި ޖޫރިމަނާތަކެއް ހުރިކަމަށް ވެސް ޒިޔާދު ވިދާޅުވިއެވެ. މި ބިލުއޮތީ ހިންގާ ހަރަކާތަކުން ވެސް އަބުރަށް އެރިކަމަށް ނިންމޭފަދަ ގޮތަކަށް ކަމަށް އޭނާ ވިދާޅުވިއެވެ.
މި ބިލުގައިވާގޮތުން އަބުރުގެ ދައުވާ ކުރާފަރާތަށް ލިބުނު މާއްދީ ގެއްލުމުގެ ބަދަލުގެ ގޮތުގައި 5,000 ރުފިޔާއާއި ފަސްލައްކަ ރުފިޔާއާ ދެމެދުގެ އަދަދެއް ކޯޓު މެދުވެރިކޮށް ނެގޭނެއެވެ.

4 ދުވަސް ކުރިން

16 ދުވަސް ކުރިން

23 ދުވަސް ކުރިން

24 ދުވަސް ކުރިން
-9d59190a.jpg)
25 ދުވަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން

2 މަސް ކުރިން
-47823f59.jpg)
3 މަސް ކުރިން