-8402fff9.png)
އައިޝަތު ހިދާޔާ

ރައްޔިތުންގެ މަޖިލީހުގް ރައީސްގެ މުސާރައާއި އުއްތަމަ ފަނޑިޔާރުގެ މުސާރަ ބޮޑުކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
މިއަދު މަޖިލީހުން ފާސްކުރީ, މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރަށް ލިބޭ އިނާޔަތްތަކާއި އަދި ވަޒީރުންގެ ކާރު އެލަވަންސްގެ އިތުރުން ކައުންސިލްތަކުގެ ރައީސުންގެ މުސާރަބޮޑުކުރުމަށެވެ.
މި މުސާރަތައް ބޮޑުކުުރުމަށް މާލިއްޔަތު ކޮމިޓީން ނިންމި ނިންމުމަށް މިއަދުގެ މަޖިލީހުގައި ވޯޓަށް އެހިއެވެ. މަޖިލީހުގެ ރައީސަށް ލިބޭ މުސާރައާއި އިނާޔަތްތަކާއި ވަޒީރުންގެ ކާރު އެލަވަންސް އަދި ކައުންސިލް ރައީސުންގެ މުސާރަ ބޮޑުކުރަން ފެންނަ ކަމަށް 42 މެމްބަރުން ވޯޓުލީއިރު, ނުފެންނަކަމަށް 12 މެމްބަރުން ވޯޓު ލިއެވެ.
އުއްތަމަ ފަނޑިޔާރުގެ މުސާރަ ބޮޑުކުރުމާގުޅޭގޮތުން ނެގި ވޯޓަށް ފެންނަ ކަމަށް ވޯޓުދިނީ 40 މެމްބަރުންނެވެ. ނުފެންނަކަމަށް ވޯޓުދިނީ 12 މެމްބަރުންނެވެ.
މާލިއްޔަތުތުކޮމިޓީއަށް ހުށަހެޅި ހުށަހެޅުމުގައި ވާގޮތުން, މަޖިލީހުގެ ރައީސަށް ލިބިވަޑައިގަންނަވަނީ 73،125 ރުފިޔާއެވެ. ނަމަވެސް, މަޖިލީހުގެ ނައިބު ރައީސަށް 91،000 ރުފިޔާ އަދި މެމްބަރުންނަށް 82،500 ރުފިޔާ ލިބިވަޑައިގަންނަވައެވެ.
މަޖިލިސް މެމްބަރުންނާއި ނައިބު ރައީސްގެ މުސާރައަށްވުރެ މަޖިލީހުގެ ރައީސްގެ މުސާރަ ކުޑަވާކަން ފާހަގަކޮށް ކޮމިޓީން ބުނީ މި ފަރަގު އަންނަނީ ކޮމިޓީތަކުގައި ރައީސަށް ބައިވެރި ނުވެވޭތީކަމަށެވެ. އެހެންކަމުން މަޖިލީހުގެ ރައީސްގެ މުސާރައަށް 22,000 ރުފިޔާގެ އެކަވަންސެއް އިތުރު ކުރުމަށް ކޮމިޓީން ހުށަހެޅިއެވެ. އޭރުން މަޖިލީހުގެ ރައީސަށް މުސާރައިގެ ގޮތުގައި 95,125 ރުފިޔާ ލިބިވަޑައިގަންނަވާނެއެވެ.
އުއްތަމަފަނޑިޔާރުގެ މުސާރަ ބޮޑުކުރަން މަޖިލީހަށް ހުށަހެޅީ މަޖިލީހުގެ ރައީސާ އެއްވަރުގެ މުސާރައެއް އުއްތަމަ ފަނޑިޔާރަށް ދިނުމަށް ކަމަށް މާލިއްޔަތު ކޮމިޓީން ފާހަގަކުރިއެވެ.

3 ދުވަސް ކުރިން

4 ދުވަސް ކުރިން

16 ދުވަސް ކުރިން

24 ދުވަސް ކުރިން
-9d59190a.jpg)
25 ދުވަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން

2 މަސް ކުރިން
-47823f59.jpg)
3 މަސް ކުރިން