-8402fff9.png)
އައިޝަތު ހިދާޔާ

ރާއްޖޭގައި މުޅިން އަލަށް ދަނޑުވެރިން ބޯހިމެނުމުގެ މަސައްކަތް ފަށައިފިއެވެ.
މި މަސައްކަތާ ގުޅިގެން މިނިސްޓްރީ އޮފް ފިޝަރީޒް އެގްރިކަލްޗާ އެންޑް އޯޝަން ރިސޯސަސްއިން ބުނީ, ދަނޑުވެރިން ބޯހިމެނުމުގެ މަސައްކަތް ކުރަނީ މިނިސްޓްރީ އާއި މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އަދި ފުޑް އެންޑްއެގްރިކަލްޗާ އޮގަނައިޒޭޝަން އޮފް ޔުނައިޓެޑް ނޭޝަންސް ގުޅިގެން ކަމަށެވެ. ވިޔަފާރި އުސޫލުން ދަނޑުވެރިކަން ކުރާ ރަށްތަކަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މި މަސައްކަތުގައި 39 ފަރާތަކުން މިހާރު ބައިވެރި ވެފައި ވާކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ, މި މަސައްކަތުގެ ސަބަބުން ދަނޑުވެރިކަމުގެ ދާއިރާއާ ގުޅޭ ކޮންމެހެން ބޭނުންވާ ތަފާސްހިސާބުތައް ފުރަތަމަ ފަހަރަށް ތައްޔާރުކުރެވޭނެ ކަމަށެވެ. އަދި ފުޑް ސެކިއުރިޓީ ގާއިމްކުރަން ހުރި ގޮންޖެހުންތައް ދެނެގަނެ މިކަމާ ގުޅޭ މައްސަލަތައް ހައުލުކުރަން ފަސޭހަވާނެކަން މިނިސްޓްރީން ފާހަގަކުރިއެވެ.
މި ބޯހިމެނުމުން ލިބޭ މައުލުމާތުން ރާއްޖޭގެ ދަނޑުވެރިކަން ފުޅާކޮށް, ދެމެހެއްތެނިވި ގޮތެއްގައި މިކަން ކުރުމަށް ފުރުސަތު ފަހި ވާނެކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
-94216566.jpeg)
3 މަސް ކުރިން

10 މަސް ކުރިން

ގާތްގަނޑަކަށް 2 އަހަރު ކުރިން

ގާތްގަނޑަކަށް 2 އަހަރު ކުރިން

ގާތްގަނޑަކަށް 3 އަހަރު ކުރިން