-8402fff9.png)
-d9d2168d.jpg)
ހާއިމް އަހްމަދު ހާޝިމް

ދަނޑުވެރިންތަކެއް ދަނޑުވެރިކަން ކުރަނީ -- ފޮޓޯ: އެގްރިކަލްޗަ މިނިސްޓްރީ
އަންނަ ރަމަޟާން މަހު ދަނޑުވެރިން އުފައްދާ ތަކެތި ފަސޭހައިން ހަމަ އަގުގައި ވިއްކާނެ ވަގުތީ މާރުކޭޓެއް އެގްރިކަލްޗަ މިނިސްޓްރީން ގާއިމު ކުރުމުގެ ތައްޔާރީތައް ފަށައިފިއެވެ.
އެގްރިކަލްޗާ މިނިސްޓްރީން ބުނީ މި މާރުކޭޓް ތައްޔާރު ކުރަނީ ކަމާއި ގުޅުންހުރި އިދާރާތަކުގެ އެހީތެރިކަމާއި، އެއްބާރުލުމާއި އެކުގައިކަމަށެވެ.
މި މާރުކޭޓު ގާއިމު ކުރުމުގެ މައިގަނޑު މަގުސަދަކީ ކޮންމެ އަހަރެއްގެވެސް ރަމަޟާން މަހަކީ އަތޮޅުތަކުން އުފައްދާ ދަނޑުވެރިކަމުގެ ބާވަތްތައް ގިނަ އަދަދަކަށް މާލެ ގެންނަ މަހަކަށް ވެފައި، ދަނޑުވެރިން އުފައްދާ ތަކެތި މާލެ ގެނެސް ވިއްކުމަށް ލުއިފަސޭހަ ގޮތެއް ހޯދައިދިނުންކަމަށް އެ މިނިސްޓްރީން ބުންޏެވެ.
އަދި މި މާރުކޭޓަކީ ރޯދަ މަހަށް އުފައްދާފައިވާ ދަނޑުވެރިކަމުގެ ބާވަތްތައް ވިއްކުމަށްޓަކައި މާލެ އަންނަ ދަތުރުވެރިންނަށް އަމާޒު ކޮށްގެން ހިންގުމަށް ހަމަޖެހިފައިވާ މާރުކޭޓެއްކަމަށްވެސް މިނިސްޓްރީން މައުލޫމާތުދިނެވެ.
މިކަމާ ގުޅިގެން މިނިސްޓްރީން ރަށްރަށަށް ފޮނުވި ސާކިއުލާގައި އެ އަތޮޅުތަކުގައި ދަނޑުވެރި ރަށްރަށުން ދަނޑުވެރި އުފެއްދުންތައް މި މާރުކޭޓުގައި ވިއްކުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ވާހަކަ ބުނެފައިވެއެވެ.
މިގޮތުން އެ މާރުކޭޓުގައި ތަކެތި ވިއްކުމަށް ޝައުގުވެރިކަން ހުރި ރަށްރަށުގެ ކައުންސިލުތަކުން އެރަށެއްގެ ދަނޑުވެރިންނާ ގުޅިގެން މިނިސްޓްރީއަށް ފޯމު ހުށަހެޅުމަށް ބުންޏެވެ.
އަދި ފޯމު ފުރިހަމަކުރާއިރު، ނިމިދިޔަ ރަމަޟާން މަހު އެރަށަކުން ބޭރުކުރި މައިގަނޑު ދަނޑުވެރިކަމުގެ ބާވަތްތަކުގެ އަންދާސީ މިންވަރާއި މި ހިނގާ އަހަރު އެ މާރުކޭޓުގައި ތަކެތި ވިއްކުމަށް އެދޭ މީހުންގެ އަދަދު އިނގޭ ގޮތަށް ހުށަހެޅުމަށް މިނިސްޓްރީން އެދުނެވެ.
މި ކަމަށް ޝައުގުވެރިކަން ހުރި ކައުންސިލުތަކުންމިނިސްޓްރީގެ މެއިލްއަށް ފޯމު ހުށަހެޅުމަށް މިނިސްޓްރީން ބުންޏެވެ.
އަދި ފޯމު ހުށަހެޅޭނެ ސުން ގަޑިއަކީ މި މަހު 29 ވަނަ ދުވަހު މިނިސްޓްރީގެ އޮފީސް ބަންދުވުމުގެ ކުރިންކަމަށް އެ މިނިސްޓްރީން އެންގިއެވެ.
މީގެ އިތުރުން، އެ މާރުކޭޓު ބޭނުންކުރުމުގެ އުސޫލުތަކުގެ ތެރޭގައި މިނިސްޓްރީން ބުނީ، މާރުކޭޓަށް ތަކެތި ވައްދަން ފެށޭނީ އަންނަ މަހުގެ 15 ވަނަ ދުވަހުގެ ހަވީރު 4:00 ޖަހާއިރުން ފެށިގެން ކަމަށެވެ.
އަދި މާރުކޭޓުގައި ވިއްކާތަކެތީގެ ސައްހަ ރިކޯޑު މިނިސްޓްރީއަށް ފޯރުކޮށްދިނުމުގެ އިތުރުން، ރަށްރަށުގައި އުފައްދާފައިވާ ރޯ މޭވާއާއި ތަރުކާރީ ފިޔަވާ އިތުރު ތަކެއްޗެއް ވިއްކުމަކީ މަނާކަމެއްކަމަސް މިނިސްޓްރީން އެންގިއެވެ.
މާނައަކީ ރިހާކުރާއި އަސާރަ ފަދަ ތައްޔާރީ ކާބޯތަކެއްޗާއި އިމްޕޯޓްކޮށްފައިވާ ކާބޯތަކެތި ވިއްކުން މަނާވާނެއެވެ. އަދި ގޮޅިތަކުގައި ތަކެތި ވިއްކަން ބިދޭސީން ބޭތިއްބުމަކީވެސް މަނާކަމެއްކަމަށް އެ މިނިސްޓްރީން ބުންޏެވެ.
މީގެ އިތުރުން، މިނިސްޓްރީން ބުނީ، މޭވާއާއި ތަރުކާރީ ވިއްކަންވާނީ ތަޅުމުން ފެށިގެން އެންމެ ކުޑަވެގެން ދެ ފޫޓު އުސްކޮން ހުންނަ ސާފުތާހިރު މޭޒެއްފަދަ އެއްޗެއްގެ މަތީގައި ބަހައްޓައިގެންކަމަށެވެ.
އަދި މާރުކޭޓުގައި ތަކެތި ވިއްކޭނީ، ނަމާދު ގަޑިއައް ނުހިމަނާ ހެނދުނު 8:00 ން ފެށިގެން ރޭގަނޑު 11:00 ޖަހަންދެނެވެ.
މާރުކޭޓު ބޭނުންކުރާ މީހުން މާރުކޭޓުގެ އެތެރެއާއި މާރުކޭޓު ހިމެނޭ ސަރަޙައްދަށް ކުނިއަޅާ ހަދައިގެންނުވާނެކަމަށާއި، އަދި މާރުކޭޓުތެރެ ސާފުތާހިރުކޮށް ބޭއްވުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް މިނިސްޓްރީން އެދުނެވެ.
މިނިސްޓްރީން ބުނީ، މާރުކޭޓުގައި ތަކެތި ވިއްކާ މީހުން ކޮންމެ ދުވަހަކުވެސް ވިޔަފާރި ނިމުމުން މީހުން ބޭނުންކުރި ގޮޅީގައި އުފެދިފައިވާ ކުނި އެކަމަށް ހާއްސަކޮށްފައިވާ ސަރަހައްދަށް ޖަމާކުރަންވާނެކަމަށެވެ.
އަދި މާޗު މަހުގެ 26 ވަނަ ދުވަހުގެ އިރުއޮއްސި 6:00 ޖެހުމުގެ ކުރިން ތަނުގައި ހުރި ހުރިހާ މުދަލެއް ނެރެ ތަންހުސްކުރަންވާނެކަމަށް އެގްރިކަލްޗާ މިނިސްޓްރީން ބުންޏެވެ.

4 ދުވަސް ކުރިން
-94216566.jpeg)
3 މަސް ކުރިން

4 މަސް ކުރިން

7 މަސް ކުރިން

8 މަސް ކުރިން

9 މަސް ކުރިން

9 މަސް ކުރިން

10 މަސް ކުރިން