-8402fff9.png)
ސައިފުﷲ އަލީ

ރުކުމަޑި ކޮންޓްރޯލްކުރުމާ ބެހޭ ދިރާސާތައް ހަދަނީ
ރުކުމަޑީގެ ކޮންޓްރޯލު ކުރުމަށް ހދ. ހަނިމާދޫގައި ނެޗުރަލް އެނެމީ ލެބޯޓަރީއެއް އުފެއްދުމުގެ މަސައްކަތް ޗައިނާ ސަރުކާރުގެ އެހީގައި ފަށައިފިއެވެ.
ދަނޑުވެރިކަމާ ބެހޭ މިނިސްޓްރީން ބުނީ މި މަޝްރޫއުގެ އެންމެ މުހިންމު ލަނޑުދަނޑިއަކީ ކޮކޮނަޓް ހިސްޕިޑް ބީޓްލް ކިޔާ ނުރައްކާތެރި ރުކުމަޑީގެ ބާވަތް ކޮންޓްރޯލް ކުރުމެވެ. މި ބާވަތުގެ ރުކުމަޑީގެ އުނދަގޫ ރާއްޖޭގެ ގިނަ ރުއްތަކަކަށް ޖެހިފައިވެއެވެ.
ހަނިމާދޫގައި ލެބޯޓަރީ ގާއިމުކުރުމުގެ ފަންނީ މަސައްކަތަށް ޗައިނާގެ ޓްރޮޕިކަލް އެގްރިކަލްޗަރަލް ސައިންސަސް އެކަޑަމީ (ކަޓާސް)ގެ ހަތަރު ޕްރޮފެސަރުން މިހާރު ވަނީ ރާއްޖެއަށް ވަޑައިގެންފައެވެ. އެ ޕްރޮފެސަރުން ވަނީ ހަނިމާދޫ އެގްރިކަލްޗަރަލް ސެންޓަރުގައި ލެބޯޓަރީ އުފައްދަން ބޭނުންވާ ސަރަހައްދު ވެސް މިހާރު ކަނޑައަޅާފައެވެ.
މިނިސްޓްރީން ބުނީ، ކަޓާސްގެ މާހިރުން ބަޔޮލޮޖިކަލް ކޮންޓްރޯލް މެނޭޖްމަންޓް ޕްރޮޓޮކޯލް އަދި އިންސެކްޓް-ޕެސްޓް އިންޓަރެކްޝަންތަކާ ގުޅޭ މުހިންމު މައުލޫމާތުތައް އެ މިނިސްޓްރީގެ މުވައްޒަފުންނާއި ހިއްސާ ކޮށްފައިވާކަމަށެވެ.
މީގެ އިތުރުން، ޗައިނާގެ މާހިރުން ވަނީ ހއ. މާފައްސަށް ވެސް ޒިޔާރަތްކޮށް، އެ ރަށުގައި މިހާރު ކުރެވެމުންދާ ބަޔޮލޮޖިކަލް ކޮންޓްރޯލް ޕްރޮގްރާމްގެ މަސައްކަތްތައް ވަނީ ބަލާފައެވެ.
މި މަޝްރޫއާ ގުޅޭ އެއްބަސްވުމުގައި ރާއްޖެއާއި، ޗައިނާއާ ދެމެދު ސޮއިކޮށްފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައެވެ.

4 ދުވަސް ކުރިން
-94216566.jpeg)
3 މަސް ކުރިން

4 މަސް ކުރިން

7 މަސް ކުރިން

10 މަސް ކުރިން

ގާތްގަނޑަކަށް 1 އަހަރު ކުރިން

ގާތްގަނޑަކަށް 2 އަހަރު ކުރިން

ގާތްގަނޑަކަށް 2 އަހަރު ކުރިން