-8402fff9.png)
އާއިޝަތު ޝިޔާއު ހުސައިން

ރިޔާސީ ބަޔާން އިއްވުމުގެ ޖަލްސާއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަޑައިގަންނަވަނީ ----
ރާއްޖޭގެ ފެހިކަން އިތުރުކުރުމަށްޓަކައި މި ދައުރުގައި ފަސް މިލިއަން ގަސް މުޅި ރާއްޖޭގައި އިންދުމުގެ މަޝްރޫޢެއް މި އަހަރު ފަށާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
މިއަދު ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވީ ތިމާވެށްޓާ ރަށްޓެހި އިޢާދަކުރުވަނިވި ހަކަތަ ރާއްޖޭގައި ބޭނުންކުރާ މިންވަރު 4 އިންސައްތައިން، 33 އިންސައްތައަށް މި ދައުރުގައި އިތުރުކުރުމަކީ މި ސަރުކާރުގެ އަމާޒެއް ކަމަށެވެ.
"ގަސް އިންދައިގެން ރާއްޖޭގެ ފެހިކަން އިތުރުކުރަނީ، އަދި ތިމާވެށްޓާ ރަޙްމަތްތެރި އާދަތަކަށް އަހުލުވެރިކުރުވަނީ، ރާއްޖޭގެ ރީތިކަން އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށްޓަކައި. ޚާއްޞަކޮށް، މިއަދުގެ ކުޑަކުދީންނާ ޅަ ޒުވާނުންނަށް ރީތި ޗާލު ފެހި ނަލަ ދިވެހިރާއްޖެއެއް އަޅުގަނޑުމެން ވާރުތަކޮށްދޭން ޖެހޭ، ރައީސް ވިދާޅުވިއެވެ.
މި ސަރުކާރުގެ އޯގާވެރިކަމުގެ ހިޔާ އޮތީ އިންސާނުންނާ ހަމައިން ހުއްޓިފައި ނޫން ކަމަށާއި ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ދިރޭތަކެއްޗަށް ހޭހަންކުރާނެ ވުޒާރާއެެއް އުފައްދައިފައިވާނެ ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ތެރޭގައި ވަރަށް ގިނަ ޢާއިލާތަކުން އޮޅު ޖަނަވާރާ ދޫނި ގެންގުޅޭއިރު އެސޮރުމެންނަށް ފަރުވާދީ ބެލެހެއްޓޭނެ ރަނގަޅު ނިޒާމެއް މިހާތަނަށް ޤާއިމުވެފައެއް ނެތް،"
ރައީސް ވިދާޅުވީ މި އަހަރު އެ ނިޒާމު ޤާއިމުކުރަން ފަށާނެ ކަމަށާއި މާލެ ސިޓީގެ މަގުތައްމަތީ ބުޅާ ގިނަވެ، ބެލެހެއްޓޭނެ ރަނގަޅު ގޮތެއް ފަހިނުވެ ދުވަސްތައް ދިގުލައިގެން އެދިޔައީ، ބުޅާ ބަލަހައްޓާ ފެސިލިޓީއަކަށް ސަރުކާރުން ބިން ނުދީގެންކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެމަނިކުފާނު ސަރުކާރާ ޙަވާލުވެ، މިހާރު ވާނީ މާލެ ސިޓީގެ މަގުތަކުގައި އުޅޭ ބުޅާތައް ބަލަހައްޓާނެ ފެސިލިޓީއަކަށް ބޭނުންވާނެ ޖާގަ މާލެ ސިޓީ ކައުންސިލަށް ހަމަޖައްސާދީފައިކަމަށް ވެސް ވިދާޅުވިއެވެ.
.

ގާތްގަނޑަކަށް 20 ގަޑިއިރު ކުރިން

ގާތްގަނޑަކަށް 21 ގަޑިއިރު ކުރިން

ގާތްގަނޑަކަށް 22 ގަޑިއިރު ކުރިން

3 ދުވަސް ކުރިން

3 ދުވަސް ކުރިން

4 ދުވަސް ކުރިން

6 ދުވަސް ކުރިން

6 ދުވަސް ކުރިން