-8402fff9.png)
ސައިފުﷲ އަލީ

ދަރަނިދެއްކުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ދަށުން މިހާތަނަށް ސަރުކާރުން 1.45 ބިލިއަން އެމެރިކާ ޑޮލަރު ދައްކާ ޚަލާސްކޮށްފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ސަރުކާރަށް ތިން އަހަރު ފުރުން ފާހަގަކުރަން މިރޭ ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ފާއިތުވި 10 އަހަރުގެ ތެރޭގައި ދަރަނި ނުދައްކާ މިންވަރަށް މި ތިން އަހަރުގެ ތެރޭގައި ދަރަނި ދައްކާފައިވާ ކަމަށެވެ.
"ކަރަންސީ ސްވޮޕާއި އެކީގައި 1.45 ބިލިޔަން އެމެރިކާ ޑޮލަރުގެ ދަރަނި ދައްކައިފި. މިއީ، މިދިޔަ 3 އަހަރު ދުވަހުގެ ތެރޭގައި ދެއްކި އަދަދު. އެ އަދަދަކީ މީގެ ކުރީގެ 10 އަހަރު ކުރީގައި ދެއްކި އަދަދަށްވުރެ 483 މިލިޔަން ޑޮލަރު އިތުރު އަދަދެއް،" ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން، އިގްތިސާދީ ދާއިރާއިން ސަރުކާރުން ހޯދާފައިވާ ކާމިޔާބީތަކަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދައުލަތުގެ ބަޖެޓުގެ ދަރަނިތައް އަދާކުރުމާއެކު ބަޖެޓުގެ ޑެފިސިޓު ވެސް ބޮޑުތަނުން ކުޑަކުރެވިފައިވާ ކަމަށެވެ. އަދި ވޭތުވެދިޔަ ދުވަސްތަކުގައި ރައްޔިތުންގެ ބޮލުގައި އެޅިފައިވާ ބޮޑެތި ދަރަނިތައް ސަރުކާރުން ބަރާބަރަށް އަދާކުރަމުން ދިޔައިރު ވެސް، ރައްޔިތުންނަށް ފޯރުކޮށްދޭ އެއްވެސް އަސާސީ ހިދުމަތަކަށް މެދުކެނޑުމެއް އަޔަނުދީ ހިފަހައްޓާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މިއަހަރުގެ މިހާތަނަށް އައިއިރު މެދުއިރުމަތީގެ ހަނގުރާމަ ފެށުމާ ހަމައަށް ދައުލަތުގެ ރަސްމީ ރިޒާވް ވަނީ ރެކޯޑު މިންވަރަކަށް މަތިކުރެވިފައެވެ. އެގޮތުން ދައުލަތުގެ ރިޒާވް 1.3 ބިލިޔަން ޑޮލަރަށް އުފުލުނު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.ނަމަވެސް، ބޭރުގެ ދަރަނިތައް ދައްކަން ޖެހުމާ ގުޅިގެން ފަހުން ރިޒާވް ދަށްވި ނަމަވެސް، ސަރުކާރުގެ ހަރުދަނާ މާލީ ސިޔާސަތުތަކާއެކު އަންނަ އަހަރު ރިޒާވް އެއަށްވުރެ ވެސް މަތީ މިންވަރަކަށް ގެންދެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ގާތްގަނޑަކަށް 18 ގަޑިއިރު ކުރިން

ގާތްގަނޑަކަށް 20 ގަޑިއިރު ކުރިން

ގާތްގަނޑަކަށް 20 ގަޑިއިރު ކުރިން

3 ދުވަސް ކުރިން

6 ދުވަސް ކުރިން

6 ދުވަސް ކުރިން

6 ދުވަސް ކުރިން
-1581afe4.jpeg)
8 ދުވަސް ކުރިން