-8402fff9.png)
އައިޝަތު ހިދާޔާ

ރައީސް އޮފީހުގައި އިއްޔެ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޑރ، މުހައްމަދު މުއިއްޒު ވާހަކަދައްކަވަނީ
ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް ހުށަހެޅުމަށްޓަކައި 24 ގަޑިއިރު ޚިދުމަތްދޭ "ސިޓިޒަންސް ވޮއިސް ޕޯޓަލް" މިއަދު ލޯންޗުކޮށްފިއެވެ.
މިއީ ރައީސް އޮފީހުގައި ގާއިމުކުރި "ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ" ގެ ދަށުން ލޯންޗުކުރި ޕޯޓަލްއެކެވެ.
ރައަީސް ވަނީ ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ އުފައްދަވައި، ރައްޔިތުންގެ ޚިޔާލާއި ކަންބޮޑުވުންތައް ގާތުން ބެއްލެވޭނެގޮތެއް ތައާރަފު ކުރައްވާނެކަމަށް މިއަހަރުގެ ރިޔާސީ ބަޔާން އިއްވަމުން ވައުދުވެވަޑައިގެންފައެވެ.
މިޕޯޓަލްގެ ޚިދުމަތް މިވަގުތު ލިބެނީ ވެބް މެދުވެރިކޮށެވެ. ނަމަވެސް, ކައިރި މުސްތަގުބަލެއްގައި މި ހިދުމަތަށް ހާއްސަކުރެވޭ ފޯނު އެޕްލިކޭޝަން ވެސް އިފްތިތާހުކުރާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ. މީގެ އިތުރުން މިވަގުތު ވެސް ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯގެ ކޯލް ސެންޓަރުގެ ޚިދުމަތް ހޮޓްލައިން ނަންބަރު 1470 މެދުވެރިކޮށް ލިބޭނެކަން ވެސް އެ އޮފީހުން ވަނީ ފާހަގަކޮށްފައެވެ.
"ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ" ގެ ޕްރިންސިޕަލް ސެކްރެޓަރީގެ މަގާމަށް މިއަހަރު ވަނީ ޑރ. މާހިދު ޝަރީފް އައްޔަންކުރައްވާފައެވެ.

ގާތްގަނޑަކަށް 18 ގަޑިއިރު ކުރިން

ގާތްގަނޑަކަށް 20 ގަޑިއިރު ކުރިން

ގާތްގަނޑަކަށް 20 ގަޑިއިރު ކުރިން

3 ދުވަސް ކުރިން

6 ދުވަސް ކުރިން

6 ދުވަސް ކުރިން

6 ދުވަސް ކުރިން
-1581afe4.jpeg)
8 ދުވަސް ކުރިން