-8402fff9.png)
އައިޝަތު ހިދާޔާ

ރައީސް މުއިއްޒު -- ފޮޓޯ/ ރައީސް އޮފީސް
ދިވެހިން އެކަކު އަނެކަކަށް އިހުތިރާމުކޮށް, އަބުރު ރައްކާތެރިކޮށް ކާބަފައިންގެ މާޒީއާއި އުފާވެރިކަން އަލުން ހޯދަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ގޮވައިލައްފައިފިއެވެ.
ރައީސް މިފަދައިން ގޮވައިލެއްވީ އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކުުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. ރައީސް ވަނީ ދާދި ފަހަކާ ޖެހެންދެން ދިވެހީންގެ މެދުގައި އިހުތިރާމުކުރުމުގެ ރީތި އާދައޮތް މިންވަރަށް އަލިއަޅުއްވާލައްވާފައެވެ.
އެގޮތުން, ދިވެހި ކޮންމެ ޝަޚުސިއްޔަތެއްގެ ފަހަތަށް "ދައްތަ" ނުވަތަ "ބޭބެ" ދިވެހިން ބޭނުންކުރަނީ އިހުތިރާމް ކުރުމުގެ ގޮތުން ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މިކަމުން މުޖުތަމައަކީ އިސް މީހުންނަށް ގަދަރުކުރާ އަނެކުންނަށް އިހުތިރާމުކުރާ ތަހުޒީބު މުޖުތަމައެއްކަން ހާމަވާކަމަށް ރައިސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެވޭލާ ދިވެހީންނަކީ އެއްބަޔަކު އަނެއްބަޔަކަށް އިހުތިރާމުކުރުމުގެ އިތުރުން ވަގުތަށް ވެސް އިހުތިރާމްކުރި ބައެއް ކަމަށެވެ.
"ެއެއީ ސަރުކާރުގެ އާދައިގެ މުވައްޒަފެއް އަކުގައި ވިޔަސް, އާދައިގެ ދިވެއްސެއް ކަމުގައި ވިޔަސް އޮފީހެއްގެ ވެރިއެއްކަމުގައި ވިޔަސް އެޒަމާނުގައި ވަގުތަށް ކަމޭހިތުން އެއީ ވަރަށް ބޮޑު އިސްކަމެއް ދޭކަމެއް," ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން އެމަނިކުފާނު ވިދާޅުވީ, ދިވެހީންނަކީ އަވައްޓެރިންނަށް ވެސް އިހުތިރާމުކުރި ބައެއް ކަމަށެވެ. މި އާދަތައް ދިވެހީންގެ މެދުގައި ދެމިއޮތް ހަގީގީ ސަބަބަކީ އިސްލާމް ދީންކަމަށް ރައީސް ވިދާޅުވިއެވެ.
މި މަޝްރޫޢުގެ ދަށުން، ކޮންމެ ފަރުދަކު ވެސް އެމީހެއްގެ މަސްއޫލިއްޔަތަށް ފުރިހަމައަށް އަމާނާތްތެރިވުމަށް ރައީސް ގޮވާލެއްވިއެވެ. ރައީސް ވިދާޅުވީ، މި މަޝްރޫޢަކީ ދިވެހި ގައުމިއްޔަތަށް ދިރުންގެނެސްދޭނެ ކަމެއްކަމަށެވެ.
ރައީސް ވަނީ މިރޭގެ ރަސްމިއްޔާތުގައި މި މަޝްރޫއު އިފުތިތާހުކޮށްދެއްވާފައެވެ. އަދި މަޝްރޫއުގައި ބޭނުންކުރާނެ ލޯގޯ ވެސް މިރޭގެ ރަސްމިއްޔާތުގައި އެމަނިކުފާނު ވަނީ އިފްތިތާޙުކޮށްދެއްވާފައެވެ.
މި މަޝްރޫއުގެ ޝިއާރަކީ "އިޙުތިރާމުގެ އުފާ – މުޖުތަމައުގެ ނަފާ" އެވެ.

ގާތްގަނޑަކަށް 18 ގަޑިއިރު ކުރިން

ގާތްގަނޑަކަށް 20 ގަޑިއިރު ކުރިން

ގާތްގަނޑަކަށް 20 ގަޑިއިރު ކުރިން

3 ދުވަސް ކުރިން

3 ދުވަސް ކުރިން

6 ދުވަސް ކުރިން

6 ދުވަސް ކުރިން
-1581afe4.jpeg)
8 ދުވަސް ކުރިން