-8402fff9.png)
މުހައްމަދު ޝިފާއު

ސަލްމާންޚާން އާއި ކެޓްރީނާ
މަޝްހޫރު ބޮލީވުޑްގެ ފިލްމެއް ކަމަށްވާ "ޓައިގާ 3 ރިލީޒް ކުރުމުގެ ކުރިން ސަލްމާން ޚާނާއި ކެޓްރީނާ ކައިފްގެ އެދުމެއް އެބައޮތްކަމަށް އެ ދެ ފަންނާނުން ބުނެފިއެވެ.
ސަލްމާނާއި ކެޓްރީނާ ވެސް މި ވާހަކަ ހިއްސާ ކޮށްފައިވަނީ އެ ދެމީހުންގެ އިންސްޓަގްރާމް ސްޓޯރީއަށް ލައިފައިވާ ޕޯސްޓެއްގެ ޒަރިއްޔާއިންނެވެ. ދާދި އެއްގޮތަކަށް ލިޔެފައިވާ މި ދެ ޕޯސްޓުގައި ވެސް ބުނެފައިވަނީ އެއް ވާހަކައެކެވެ.
އެގޮތުން ފިލްމު މިއަދު ބެލުންތެރިންނާ ހަމައަށް ދޫކޮށްލައިފައި ވާއިރު، އޭގެ ނާޖާއިޒު ފައިދާ ނުނެގުމަށާއި އެ ފިލްމަކީ މުޅި ޓީމުން ވެސް ވަރަށް ހިތްވަރާއި ގިނަ އުއްމީދުތަކަކާއެކު ކުޅެފައިވާ ފިލްމެއް ކަމަށް ޕޯސްޓުގައި ވެއެވެ.
ފިލްމު ދޫކޮށްލުމާ ހަމައިން "ސްޕޮއިލާ އެލާޓްސް" އަންނާނެ ކަމާއި ބެލުންތެރިންގެ ކިބައިން ވެސް އެކަން ހުއްޓުވުމަށް މަސައްކަތް ކޮށްދިނުމަށް އެ ތަރިން އެދިފައި ވެއެވެ. އަދި އެކަން އެގޮތަށް ވެއްޖެނަމަ، ކުރި ހުރިހާ މަސައްކަތެއް ފެނަށް ވެގެން ހިގައިދާނެ ކަމަށް ވެސް އެ ޕޯސްޓުގައި ބުނެފައިވެއެވެ.
ބޭރު ނޫހެއް ކަމަށް ވާ "އެންޑީޓީވީ"ގައި މިހާރު އެ ފިލްމު އިންޑިއާގެ ބައެއް ހިސާބުތަކުގެ ސިނަމާތަކުގައި އަޅުވަމުން ދާ ކަމަށާއި، ގިނަ ބައެއްގެ ތަރުހީބު މިހާރު ވެސް ފިލްމަށް ލިބެމުންދާކަމަށް ވަނީ ރިޕޯޓްކޮށްފައެވެ.
ކެޓްރީނާ ކައިފް އަދި ސަލްމާން ޚާނަކީ ކުރީގައި ލޯބިވެރިން ކަމަށް ބުނެ ގިނަ ބަޔަކު ވަނީ ވާހަކަ ދައްކާފައެވެ. ކަން މިހެން އޮތުމާއެކު މިފަހަރުގެ މި ފިލްމުގެ ލީޑް ރޯލުގައި ވެސް ސަލްމާން އާއި ކެޓްރީނާ ފެނުމަކީ ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވާނެ ކަމެއް ކަމުގައި ގަބޫލު ކުރެވެއެވެ.

ގާތްގަނޑަކަށް 2 އަހަރު ކުރިން

ގާތްގަނޑަކަށް 3 އަހަރު ކުރިން

ގާތްގަނޑަކަށް 3 އަހަރު ކުރިން

ގާތްގަނޑަކަށް 3 އަހަރު ކުރިން

ގާތްގަނޑަކަށް 3 އަހަރު ކުރިން

ގާތްގަނޑަކަށް 3 އަހަރު ކުރިން