-8402fff9.png)
މުހައްމަދު ޝިފާއު

ނަނާ ފޭނެއްގެ ގައިގައި ޖަހާ މަންޒަރު ފެންނަ ވީޑިއޯގެ ސްކްރީން ޝޮޓެއް
ބޮލީވުޑްގެ މަޝްހޫރު ތަރިއެއް ކަމަށްވާ، ނަނާ ޕަޓޭކަރާއެކު ފޮޓޯ ގަނޑެއް ނެގުމަށް ކައިރިވި "ފޭން"އެއް ގައިގައި ޖަހައި މަންޒަރު ފެންނަ ވީޑިއޯއެް، ސޯޝަލް މިޑިއާގެ އެކި މަންސަތަކުގައި ދައުރުވާން ފަށާއިފައިވާއިރު، އެކަމަކީ އެއީ ނަނާ ޝޫޓް ކުރަމުން ދިޔަ ފިލްމުގެ ރިހާސަލްގެ ބައެއް ކަމުގައި ބުނެ އޭނާ މަޢާފަށް އެދިއްޖެއެވެ.
"އިންޑިއާ ޓައިމްސް" އިން ރިޕޯޓުކޮށްފައިވަނީ، ނަނާ މަޢާފަށް އެދި އަމިއްލައަށް ވިޑިއޯ ކުރުމަށް ފަހު ސޯޝަލް މިޑިއާއަށް ދޫކޮށްފައިވާ ކަމަށާއި، އެއީ އޭނާގެ ފިލްމްގެ ޝޫޓިންއެއްގެ ބައެއް ރިހާސް ކޮށްލި ވަގުތެއްއްގައި ބަޔަކު އޭނަ ބޭޒާރު ކުރުމަށް ކޮށްގެން އުޅޭ ކަމެއް ކަމަށް ކަމުގައި ނަނާ ބުނި ކަމަށެވެ.
ނަނާ ޕަޓޭކަރަކީ ބޮލީވުޑްގެ ގިނަ ފިލުމުތަކެއްގައި އެކްޓް ކޮށްފައިވާ މަޝްހޫރު ފަންނާނެކެވެ. އެގޮތުން އޭނާ ވަނީ 1986 ވަނަ އަހަރުން ފެށިގެން މި ދާއިރާއަށް ގިނަ މަސައްކަތްތަކެއް ކުރަން ފަށައިފައެވެ. އަދި މި ފަހުން ނަނާ ޕަޓެކަރު ވަނީ "ދަ ވެކްސިން ވާރ" ނަމަކަށް ކިޔާ ފިލުމެއްގެ ޝޫޓީންގް ނިންމާލައިފައެވެ. އަދި މި ފިލްމު މިހާރު ބެލުންތެރިންނަށް ދޫކޮށްލާފައިވާއިރު، ބެލުންތެރިންގެ ފުރިހަމަ ތަރުހީބު މި ފިލުމަށް ލިބެމުން ދާ ކަމުގައި ނަނާ ޕަޓޭލް ވަނީ ފާހަގަކޯށްފައެވެ.

ގާތްގަނޑަކަށް 2 އަހަރު ކުރިން

ގާތްގަނޑަކަށް 3 އަހަރު ކުރިން

ގާތްގަނޑަކަށް 3 އަހަރު ކުރިން

ގާތްގަނޑަކަށް 3 އަހަރު ކުރިން

ގާތްގަނޑަކަށް 3 އަހަރު ކުރިން

ގާތްގަނޑަކަށް 3 އަހަރު ކުރިން