-8402fff9.png)
ބޮލީވުޑް ތަރި، އަނުޝްކާ ޝަރްމާ ދެވަނަ ދަރިއަކަށް ބަނޑުބޮޑު ކަމަށް ބުނެ ސޯޝަލް މީޑިއާގައި ވީޑިއޯއެއް ދައުރުވާން ފަށައިފިއެވެ.
"ބޮލީވުޑް ލައިފް"ގައި ރިޕޯޓްކޮށްފައިވާ ގޮތުގައި އަނުޝްކާގެ ދެމަފިރިން، މާބަނޑު މީހުންނަށް ޚާއްސަ ކްލިނިކަކަށް ދިޔަކަން ވަނީ ކަށަވަރުވެފައެވެ.މި ދެމަފިރިން އަތު ގުޅައިލައިގެން ހިނގާފައި ދާ ވީޑިއޯއެއް ވެސް އެ ނޫހުގައި އާންމުކޮށްފައިވާއިރު، އަނުޝްކާ ލައިގެން ހުރި ކަޅުކުލައިގެ ހެދުމުން އޭނާގެ ބަނޑު ފާހަގަވާ ކަމަށް ވެސް އެ ނޫހުގައި ބުނެފައި ވެއެވެ.
މީގެ އިތުރުން، އަނުޝްކާގެ ދެމަފިރިން ، އެމީހުންގެ މިކަމާ ގުޅޭ އެއްވެސް ވާހަކައެއް ނޫހުގައި އާންމު ނުކުރުމަށް އެދޭ ކަމަށާއި، މި އުފާވެރި ޚަބަރު ފަހުން އާންމުންނަށް ޚިއްސާ ކުރާނެ ކަމަށް ބުނެފައިވެއެވެ.
އަނުޝްކާއަކީ ބޮލީވުޑްގެ މަޝްހޫރު ފިލްމު ކުޅޭ ތަރިއަކަށް ވާއިރު،އޭނާ ވަނީ ގިނަ ފިލްމުތަކެއް ކުޅެފައެވެ.އެގޮތުން ރަބްނޭ ބަނާދީ ޖޯޑީ އަކީ އަނުޝްކާގެ ފުރަތަމަ ފެނިލުން ކަމަށް ވެސް ގިނަ ބަޔަކު ގަބޫލު ކުރެއެވެ.

ގާތްގަނޑަކަށް 2 އަހަރު ކުރިން

ގާތްގަނޑަކަށް 3 އަހަރު ކުރިން

ގާތްގަނޑަކަށް 3 އަހަރު ކުރިން

ގާތްގަނޑަކަށް 3 އަހަރު ކުރިން

ގާތްގަނޑަކަށް 3 އަހަރު ކުރިން

ގާތްގަނޑަކަށް 3 އަހަރު ކުރިން