-8402fff9.png)
މުހައްމަދު ޝިފާއު

ނަނާ ފޭނެއްގެ ގައިގައި ޖަހާ މަންޒަރު ފެންނަ ވީޑިއޯގެ ސްކްރީން ޝޮޓެއް
ބޮލީވުޑްގެ މަޝްހޫރު ތަރިއެއް ކަމަށްވާ، ނަނާ ޕަތޭކަރާއެކު ފޮޓޯ ގަނޑެއް ނެގުމަށް ކައިރިވި "ފޭން"އެއް ގައިގައި އޭނާ ޖަހައިފިއެވެ.
"އިންޑިއާ ޓައިމްސް" އިން ރިޕޯޓުކޮށްފައިވާގޮތުގައި، އެ މީހާ އައީ ނަނާ ޕަޓޭކަރާއެކު ފޮޓޯއެއް ނެގުމަށް އެތައް އުއްމީދުތަކެއް ކޮށްގެން ކަމަށާއި، މިކަން މިގޮތަށް ހިނގާފައި ވަނީ "ދަ ވެކްސިން ވާ" ނަމަކަށް ކިޔާ ފިލުމެއްގެ ޝޫޓިންގ ކުރިއަށް ދިޔަ ވަގުތެއްގައި ކަމަށެވެ.
އެވަގުތު ނަނާ ޕަޓޭކަރު ހުރީ ޝޫޓިން ތެރެއިން ދިމާވި ކަމަކާ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފައި ކަމަށް ވެސް އެ ނޫހުން ވަނީ ރިޕޯޓުކޮށްފައެވެ. މަންޒަރު ސިފަކޮށްދެމުން އެ ނޫހުން ބުނެފައިވަނީ، ނަނާ އެ މީހާ ގައިގައި ޖެހުމާއެކު، އޭނާގެ ޓީމުން އައިސް އޭނާއަށް އެކިވަރުގެ އަނިޔާތައް ވާގޮތަށް ބޮލުގައާއި، ކަރުގައި ހިފައި ގަދަކަމުން އެ ތަނުން ބޭރުކޮށްފައިވާ ކަމަށާއި، މި މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުންދާ ކަމަށެވެ.
އެ ވީޑިއޯ ބެލި ބައެއް މީހުން ވަނީ ނަނާ ކުރި ކަމަކީ ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމަށާއި، މިއީ އެއްވެސް ވަރަކަށް "ކޫލް" ކަމެއް ނޫން ކަމުގައި ބުނެ ކޮމެންޓު ބަރި ފުރާލައިފައެވެ.
ނަނާ ޕަޓޭކަރަކީ ބޮލީވުޑްގެ ގިނަ ފިލުމުތަކެއްގައި އެކްޓް ކޮށްފައިވާ މަޝްހޫރު ފަންނާނެކެވެ. އެގޮތުން އޭނާ ވަނީ 1986 ވަނަ އަހަރުން ފެށިގެން މި ދާއިރާއަށް ގިނަ މަސައްކަތްތަކެއް ކުރަން ފަށައިފައެވެ. އަދި މި ފަހުން ނަނާ ޕަޓެކަރު ވަނީ "ދަ ވެކްސިން ވާރ" ނަމަކަށް ކިޔާ ފިލުމެއްގެ ޝޫޓީންގް ނިންމާލައިފައެވެ. އަދި މި ފިލްމު މިހާރު ބެލުންތެރިންނަށް ދޫކޮށްލާފައިވާއިރު، ބެލުންތެރިންގެ ފުރިހަމަ ތަރުހީބު މި ފިލުމަށް ލިބެމުން ދާ ކަމުގައި ނަނާ ޕަޓޭލް ވަނީ ފާހަގަކޯށްފައެވެ.

ގާތްގަނޑަކަށް 2 އަހަރު ކުރިން

ގާތްގަނޑަކަށް 3 އަހަރު ކުރިން

ގާތްގަނޑަކަށް 3 އަހަރު ކުރިން

ގާތްގަނޑަކަށް 3 އަހަރު ކުރިން

ގާތްގަނޑަކަށް 3 އަހަރު ކުރިން

ގާތްގަނޑަކަށް 3 އަހަރު ކުރިން