-8402fff9.png)
މުހައްމަދު ޝިފާއު

ކަރީނާ ކަޕޫރާއި، އޭނާގެ ފިރިމީހާ ސައިފް އަލީ ޚާން
ބޮލީވުޑްގެ މަޝްހޫރު ތަރި ކަރީނާ ކަޕޫރު، ސައިފް އަލީ ޚާންއާ ކައިވެނިކޮށްގެން އުޅޭ ސަބަބު މީޑިއާއަށް ކިޔައިދީފިއެވެ.
އިންޑިއާގެ "ދަ ޑާޓީ މެގަޒިން" އަށް ކަރީނާ ދީފައިވާ އިންޓަވިއުއެއްގައި އޭނާ ބުނެފައިވަނީ، މި ޒަމާނުގައި ކައިވެނި ކުރާނީ ހަމައެންމެ ކަމަކު ކަމަށާއި، އެއީ ދަރިން ހޯދުމަށް ކަމުގައި ކަމަށެވެ.
"އަހަންނާ ސައިފްއާ އެކުގައި ފަސް އަހަރު އުޅުނިން. އެހެންވީމާ ދެން އޮތް ފިޔަވަޅު އެޅީ [ކައިވެނި ކުރީ] ދަރިން ހޯދަން ބޭނުންވާތީ" އޭނާ ބުންޏެވެ.
މި އިންޓަވިއުގައި އޭނާވަނީ ދަރިން ބެލުމާއި، އާއިލީ ކަންކަން ރޭވިފައިވާ ގޮތާމެދު ވެސް ވާހަކަދައްކާފައެވެ. އޭނާ ބުނީ އަބަދުވެސް ދިރިއުޅެން ބޭނުންވަނީ އޭނާގެ ދެ ދަރިން ފެންނަ ހިސާބުގައި ކަމަށެވެ.
ސައިފްއާއި ކަރީނާ ކައިވެނިކޮށްގެން އުޅޭތާ 5 އަހަރު ވެފައިވާއިރު އެ ދެމީހުންނަށް ވެސް އެގޮތުގައި އުޅެވޭ ހަމަ އެކަނި ސަބަބަކީ ވެސް އެ ދެމަފިރިންގެ ދަރިން ކަމުގައި ވެސް ކަރީނާ ބުންޏެވެ. ކަރީނާއާއި ސައިފްއަށް ދެދަރިން ތިބިއިރު، ސައިފް ގެ ފުރަތަމަ ކައިވެންޏަށް ދެ ދަރިން ވެސް ވަނީ ލިބިފައެވެ.
ސައިފް ކުރިން ކައިވެނި ކޮށްގެން އުޅުނީ، ބޮލިވުޑްގެ، މަޝްހޫރު ތަރިއެއް ކަމަށްވާ އަމްރިތާ ސިން އާއެވެ. 2004 ވަނަ އަހަރު މި ކައިވެންޏަށް އައި ނިމުމާއެކު ސައިފް ކަރީނާއާ ކައިވެނި ކުރީ 2012 ވަނަ އަހަރުއެވެ.

ގާތްގަނޑަކަށް 2 އަހަރު ކުރިން

ގާތްގަނޑަކަށް 3 އަހަރު ކުރިން

ގާތްގަނޑަކަށް 3 އަހަރު ކުރިން

ގާތްގަނޑަކަށް 3 އަހަރު ކުރިން

ގާތްގަނޑަކަށް 3 އަހަރު ކުރިން

ގާތްގަނޑަކަށް 3 އަހަރު ކުރިން