-8402fff9.png)

__
ބޮލީވުޑް ފިލްމު ސިންގަމްގެ ތިންވަނަ ބައި ކަރީނަ ކަޕޫރާއެކު ޝޫޓު ކުރަން ނިންމައިފައިވާކަމުގެ ވާހަކަތަކެއް ސޯޝަލް މީޑިއާގައި ދައުރުވާން ފަށައިފިއެވެ.
ބޮލީވުޑް މަޝްހޫރު އެކްޓަރު އަޖޭ ދޭވްގަން ކޮށްފައިވާ ޓްވީޓެއްގައި މި ފިލުމުން ކަރީނާ ކަޕޫރު ފެންނާނެ ކަމުގައި ބުނެ ފިލްމުގެ ޕޯސްޓަރެއް ހިއްސާ ކޮށްފައިވާއިރު، ކަރީނާ ކަޕޫރު ވެސް ވަނީ ހަމަ އެއް ޕޮސްޓަރެއް ޓްވީޓު ކޮށްފައެވެ.
އެގޮތުން އަޖޭ ދޭވްގަން ބުނެފައިވަނީ، ފިލްމުގައި އޭނާގެ ނަމަކީ އަވްނީ ސިންގަމް ކަމަށާއި އެ ފިލްމުގައި އެއީ އަޖޭ ދޭވްގަންގެ އަންހެނުން ކަމުގައި އެވެ. އަދި އޭނާއަކީ ކޮން ކަހަލަ ކެރެކްޓާއެއްކަން ސިއްރުކޮށް ބުނެފައިވަނީ، ބެލުންތެރިން ހައިރާން ވާނެ ކަމަށާއި، އެއީ ޖެހިލުން ކުޑަ ވަރުގަދަ ކެރެކްޓާއެއް ކަމަށެވެ.
ކަރީނާއަކީ މީގެ ކުރިން ވެސް ރޯހިތު ޝެޓީގެ ތިން ފިލުމެއްގައި މަސައްކަތް ކޮށްފައިވާ ފަންނާނެކެވެ. އެގޮތުން ކުރީގެ މަޝްހޫރު ފިލުމެއް ކަމަށްވާ، ގޯލްމާލްގެ ބައިތައް ފާހަގަ ކޮށްލެވެއެވެ.
"ބެބޯ" ގެ ނަމުން އާންމުންހެ މެދުގައި މަގުބޫލުކަން ހޯދައިފައިވާ ކަރީނާ ކަޕޫރަކީ ދިވެހިރާއްޖޭގެ އެތައް ފިރިހެނުންގެ ހިތްތައް ކަތިލަމުން އަންނަ މޮޅު އަދި ހުނަރުވެރި ފަންނާނެއްކަން ފާހަގަ ކުރެވޭއިރު، މި ފިލުމުގައި ކަރީނާގެ ކެރެކްޓާ ވަރާށް ބޮޑަށް ބަދަލުވެފައިވުމަކީ މި ފިލުމު ބެލުމަށް ގިނަ ބަޔަކު ބޭނުންވާނޭ ސަބަބެއް ކަމުގައި ގަބޫލު ކުރެވެއެވެ.

ގާތްގަނޑަކަށް 2 އަހަރު ކުރިން

ގާތްގަނޑަކަށް 3 އަހަރު ކުރިން

ގާތްގަނޑަކަށް 3 އަހަރު ކުރިން

ގާތްގަނޑަކަށް 3 އަހަރު ކުރިން

ގާތްގަނޑަކަށް 3 އަހަރު ކުރިން

ގާތްގަނޑަކަށް 3 އަހަރު ކުރިން