-8402fff9.png)

މުހައްމަދު ޔަމީން
-b0ce0b89.webp)
ކ. މާފުށީގައި ކުނި މެނޭޖްކުރުމުގެ ޚިދުމަތް ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ)އިން ތަޢާރަފްކޮށްފިއެވެ.
މިއަދު އެރަށުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އެ ޚިދުމަތް ތަޢާރަފްކޮށްދެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުޖްތަބާ ޖަލީލުގެ އިތުރުން، މޫސުމީ ބަދަލުތަކާއި، ތިމާވެއްޓާއި އަދި ޙަކަތައާ ބެހޭ ވަޒީރު ތާރިގް އިބްރާހިމްއެވެ.
މި ޚިދުމަތް ފެށުމާއެކު، ވެމްކޯގެ ގެތަކުން ކުނި ނެގުމުގެ މަސައްކަތް ކުރާނީ ވެމްކޯއިންނެވެ. އަދި އެ ރަށުގެ ކުނި ކަލެކްޝަން ސެންޓާ މެނޭޖްކޮށް، އެ ސެންޓަރަށް ގެނެވޭ ކުނި ތިލަފުއްޓަށް ގެންދިޔުމުގެ މަސައްކަތް ވެސް ކުރާނީ އެ ކުންފުނިންނެވެ.
މި ޚިދުމަތް މާފުށީގައި ތައާރަފްކުރަން ބޭއްވި ރަސްމިއްޔާތުގައި ވެމްކޯގެ އެމްޑީ މުޖުތަބާ ވިދާޅުވީ މާފުށި ވެފައިވަނީ ރާއްޖޭގައި ޓޫރިޒަމް އެންމެ ކުރިއަރައިފައިވާ ރަށްކަމަށާއި އެ ކަމުގެ ސަބަބުން އެ ރަށުގައި ކުނި އިންތިހާއަށް ގިނަވެ މެނޭޖްކުރަން ވެސް ދަތިތަކާ ކުރިމަތިވެފައިވާ ކަމަށެވެ.
މީގެ ކުރިން ވެސް މާފުށީގައި ކުނިގޮނޑު ބެލެހެއްޓުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ވެމްކޯއިންނެވެ. އެހެން ނަމަވެސް, ކުންޏާ ގުޅޭ އިތުރު ޚިދުމަތްތަކުގެ ފެންވަރު ރަނގަޅު ނޫންކަން މުޖުތަބާ ފާހަގަކުރެއްވިއެވެ.

22 ދުވަސް ކުރިން

3 މަސް ކުރިން

4 މަސް ކުރިން

4 މަސް ކުރިން
-8960dcf8.jpg)
4 މަސް ކުރިން
-3ad3813c.jpeg)
4 މަސް ކުރިން
-eb088e61.png)
4 މަސް ކުރިން

7 މަސް ކުރިން