-8402fff9.png)
މިރާޝް މޫސާ

ރައިޒް ފުޓްސަލް ޗެލެންޖުގައި ބަޔޯނިކާއި، ފުއްޓަރު އެފްސީ ބައްދަލުކުރި މެޗުގެ ތެރެއިން --
ށ. މާއުނގޫދޫގައި މިހާރު ކުރިއަށްދާ ރައިޒް ފުޓްސަލް ޗެލެންޖުގެ އިއްޔެގެ މެޗުތައް ބަޔޯނިކާއި، މެއިޑް އިން ކާމިޔާބުކޮށްފިއެވެ.
އިއްޔެ ހަވީރު ކުޅުނު ފުރަތަމަ މެޗު ބަޔޯނިކުން ކާމިޔާބުކުރީ ފުއްޓަރު އެފްސީއާ ވާދަކޮށް 3-1 ގެ ނަތީޖާ އަކުންނެވެ. މެޗުގައި ބަޔޯނިކުގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ރާއިފް ނަޒީހް އަދި ފައްތާހުއެވެ. ފުއްޓަރު އެފްސީގެ ހަމައެކަނި ލަނޑު ޖަހައިދިނީ ފާރިގެވެ. މެޗުގެ މޮޮޅު ކުޅުންތެރިޔަކަށް ހޮވުނީ ބަޔޯނިކުގެ ޖޯޒީ ނަންބަރު 7، ބައްސާމެވެ.
އިއްޔެގެ ދެވަނަ މެޗުގައި ބައްދަލުކުރީ މެއިޑް އާއި ސްމައިލް އެވެ. އެ މެޗު މެއިޑުން ކާމިޔާބު ކުރީ 7-4 އިންނެވެ. މެއިޑްގެ މިދުހަތާއި، ފުރުގާން ވަނީ ދެ ލަނޑު ޖަހާފައެވެ. މީގެ އިތުރުން، އެޓީމުގެ އުޔޫން އާއި، ނިޝާމް ވެސް ގޯލް ޖަހާފައިވެއެވެ. އެ ޓީމުގެ ހަތްވަނަ ލަނޑަކީ ސްމައިލްގެ އައިދާންގެ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. މެޗުގައި ސްމައިލް އިން ޖެހި ހަތަރު ލަނޑު ވެސް ކާމިޔާބުކޮށްދިނީ ހުމައިޒް އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މެއިޑްގެ ޖޯޒީ ނަންބަރު 5، މިދުހަތެވެ.
މި ނަތީޖާއާއެކު، ބަޔޯނިކާއި، މެއިޑް ވަނީ ތިން ޕޮއިންޓުގެ ފަރަގާއެކު، ޓޭބަލްގެ ކުރިއަށް ޖެހިލާފައެވެ.
މުބާރާތުގައި މިއަދު ކުޅޭ މެޗުތަކުގައި ބައްދަލުކުރާނީ ބަޔޯނިކާއި، ބަޔޯނިކް އެކެޑަމީ އަދި ފުއްޓަރު އެފްްސީއާއި، މެއިޑްއެވެ.

10 މަސް ކުރިން
1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން

2 އަހަރަށްވުރެ ގިނަ ކުރިން

2 އަހަރަށްވުރެ ގިނަ ކުރިން

2 އަހަރަށްވުރެ ގިނަ ކުރިން

2 އަހަރަށްވުރެ ގިނަ ކުރިން

2 އަހަރަށްވުރެ ގިނަ ކުރިން