-8402fff9.png)
މިރާޝް މޫސާ

މާޅެންދޫ ކައުންސިލް ފުޓްސަލް ޗެލެންޖުގައި މިއަދު ވައިކިންގްސް ބަލިކޮށް ކަބަޓާން ސްޕޯޓްސް ކްލަބުން ސެމީ ފައިނަލުގެ ޖާގަ ކަށަވަރުކޮށްފިއެވެ.
މިއަދު ހަވީރު މާޅެންދޫ ފުޓްސަލް ދަނޑުގައި ކުޅުނު މެޗުގައި ކަބަޓާން އެސްސީއިން ވައިކިންގްސްގެ މައްޗަށް ކުރި ހޯދީ 4-2ގެ ނަތީޖާއަކުންނެވެ. އެއްވަރުވެ މެޗު ނިމެންދަނިކޮށް ކަބަޓާން އެސްސީއިން ކުރި ހޯދީ މެޗުގެ ވަރަށް ފަހުކޮޅުގައެވެެ.
މެޗުގައި ކަބަޓާންގެ ގޯލުތައް ކާމިޔާބު ކޮށްދިނީ އެ ޓީމުގެ މުހައްމަދު ފަރުހާނާއި މުހައްމަދު ފާސިރުއެވެ. އެ ދެ ކުޅުންތެރިން ވެސް ވަނީ ދެ ގޯލު ޖަހައިފައެވެ. ވައިކިންގްސްގެ ދެ ގޯލު ޖެހީ ހަސަން ޖަވާދު މުހައްމަދާއި މުހައްމަދު ވަހީދެވެ.
މި މޮޅާއެެކު ކަބަޓާން އެސްސީ ސެމީ ފައިނަލަށް ދަތުރުކުރީ ލަނޑުގެ ފަރަގާއެކު ގުރޫޕު އެކެއްގެ އެއްވަނައިގެ ގޮތުގައެވެ. ގުރޫޕު އެެކެއްގެ ދެވަނައިގެ ގޮތުގައި ސެމީ ފައިނަލަށް ދަތުރުކުރީ ޓެމަރާރިއޯސްއެވެ.
މި ދެ ޓީމުން ވެސް ވަނީ ވައިކިންގްސްއާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބު ކޮށްފައެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ޓެމަރާރިއޯސްއިން ވައިކިންގްސްގެ މައްޗަށް ކުރި ހޯދީ 4-3ގެ ނަތީޖާއަކުންނެވެ.
މިއަދު ހަވީރު ވަނީ ގުރޫޕު އެކެއްގެ ދެވަނަ މެޗު ވެސް ކުޅެފައެވެ. އެ މެޗު ފެލްކޮންސްގެ މައްޗަށް ކުރި ހޯދާ ކާމިޔާބު ކުރީ ކަބަޓާން އެފްޓީއިންނެވެ. އެ މޮޅާއެކު ކަބަޓާން އެފްޓީއިން ވެސް ވަނީ ސެމީގެ ޖާގަ ކަށަވަރުކޮށްފައެވެ.
މުބާރާތުގައި ފެލްކޮންސްއިން ކުޅުނު ދެ މެޗުން ވެސް ނާކާމިޔާބުވެ މުބާރާތާ އަލްވަދާއު ކީއެވެ.އިއްޔެ ފެލްކޮންސް ބަލިވީ ކަބަޓާން ނިއު ޖެނެރޭޝަން އަތުން 3-2ގެ ހަނި ފަރަގަކުންނެވެ. ގުރޫޕު ދޭއްގެ އެއްވަނައިގައި މިއަދުގެ މޮޅާއެކު ގޯލުގެ ތަފާތުން އޮތީ ކަބަޓާން އެފްޓީއެވެ.
މާދަމާ ހަވީރު ގުރޫޕު ސްޓޭޖުގެ ފަހު މެޗުގައި ވާދަކުރާނީ ކަބަޓާން އެފްޓީ އާއި ކަބަޓާން އެންޖީއެވެ. ގުރޫޕުގެ އެއްވަނައާއި ދެވަނަ ނިންމާނީ އެ މެޗުންނެވެ.

10 މަސް ކުރިން
-5e457b19.jpg)
1 އަހަރަށްވުރެ ގިނަ ކުރިން
1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން

2 އަހަރަށްވުރެ ގިނަ ކުރިން

2 އަހަރަށްވުރެ ގިނަ ކުރިން

2 އަހަރަށްވުރެ ގިނަ ކުރިން

2 އަހަރަށްވުރެ ގިނަ ކުރިން