-8402fff9.png)
މިރާޝް މޫސާ

މާޅެންދޫ ކައުންސިލް ފުޓްސަލް ޗެލެންޖުގައި މިއަދު ފެލްކޮންސްގެ މައްޗަށް ކުރި ހޯދާ ކަބަޓާން ނިއު ޖެނެރޭޝަނުން ފެށުން ރަނގަޅުކޮށްފިއެވެ.
މިއަދުގެ މެޗު ކަބަޓާން ނިއު ޖެނެރޭޝަނުން ކާމިޔާބު ކުރީ 3-2ގެ ހަނި ފަރަގަކުންނެވެ.
މެޗުގައި ކަބަޓާން ނިއު ޖެނެރޭޝަންގެ ޖޯލުތައް ޖަހައިދިނީ އަބްދުالله މުއާޒާއި އަޒްމީރު މުހައްމަދެވެ. އޭގެ ތެރެއިން ދެ ގޯލު ޖަހައި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދީ މުއާޒެވެ.
މެޗުގައި ފެލްކޮންސްގެ ގޯލުތައް ކާމިޔާބު ކޮށްދިނީ މުހައްމަދު މުމްތާޒާއި ޝިޔާޒް އަލީ ރިޔާޒެވެ.
މި މޮޅާއެކު ކަބަޓާން ނިއު ޖެނެރޭޝަން މިހާރު އޮތީ ގުރޫޕު 2ގެ އެއްވަނައިގައި ތިން ޕޮއިންޓާއެކުގައެވެ. އެ ގުރޫޕުގައި ހިމެނެނީ ފެލްކޮންސްއާއި ކަބަޓާން ނިއު ޖެނެރޭޝަންގެ އިތުރުން ކަބަޓާން ފުޓްސަލް ޓީމެވެ. އެ ގުރޫޕުގެ ދެވަނަ މެޗުގައި މާދަމާ ހަވީރު ކަބަޓާން އެފްޓީއާ ދެކޮޅަށް ވާދަކުރާނީ ފެލްކޮންސްއިންނެވެ.
ގުރޫޕު އެކެއްގެ ދެވަނަ މެޗު ވެސް މިއަދު ވަނީ ކުޅެވިފައެވެ. ޓެމަރާރިއޯސްއާއި ކަބަޓާން ސްޕޯޓްސް ކްލަބް ވާދަކުރި މެޗު ވީ އެއްވަރެވެ. މި މެޗު އެއްވަރުވުމާއެކު އިއްޔެ ޓެމަރާރިއޯސްއިން ހޯދި މޮޅާއެކު އެ ގުރޫޕުގެ އެއްވަނައިގައި ހަތަރު ޕޮއިންޓާއެކު އޮތީ އެ ޓީމެވެ. ދެވަނަައިގައި އެއް ޕޮއިންޓާއެކު ކަބަޓާން ސްޕޯޓްސް ކްލަބް އޮތްއިރު ވައިކިންގްސް އޮތީ ތިންވަނައިގައެވެ.
-5e457b19.jpg)
1 އަހަރަށްވުރެ ގިނަ ކުރިން

2 އަހަރަށްވުރެ ގިނަ ކުރިން

2 އަހަރަށްވުރެ ގިނަ ކުރިން

2 އަހަރަށްވުރެ ގިނަ ކުރިން

2 އަހަރަށްވުރެ ގިނަ ކުރިން

2 އަހަރަށްވުރެ ގިނަ ކުރިން

2 އަހަރަށްވުރެ ގިނަ ކުރިން