-8402fff9.png)
ފާތިމަތު މިޝްކާ
-5e457b19.jpg)
ނ. ތޮޅެންދޫއަކީ އެއަތޮޅު މާޅެންދޫގެ ބައެއްގެ ގޮތުގައި ކަނޑައެޅުމަށްޓަމައި ގާނޫނީގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު އެޓާނީ ޖެނެރަލްގެ އޮފީހަށް އަންގަވައިފިއެވެ.
މާޅެންދުއަށް މިއަދު ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ ތޮޅެންދުއަކީ މާޅެންދޫގެ ބައެއްގެ ގޮތުގައި ކަނޑަނޭޅި އޮތީ ނ. އަތޮޅު ކައުންސިލުން އެ ކަމަށް ހުރަސްއަޅާތީ ކަމަށެވެ. އެހެންވެ، އެ ރަށް މާޅެންދޫގެ އިހުތިސާސް ތެރެއަށް ލުމަށް ފަހިވާނެ ގޮތަކަށް ގާނޫނީ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް އެޓާނީ ޖެނަރަލްގެ އޮފީހަށް އަންގަވާފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ތޮޅެންދޫއަކީ 1990ގެ ކުރީކޮޅު މީހުން ދިރިއުޅުނު ރަށެކެވެ. އެ ރަށުގެ މީހުން ބަދަލުކޮށްފައި ވަނީ މާޅެންދު އާއ ކެނދިކުޅުދޫގެ އިތުރުން މާފަރަށެވެ. އެ ރަށަކީ ފަޅު ރަށެއް ކަމުގައި ސަރުކާރުން ކަނޑައެޅީ 10 ޖެނުއަރީ 1993ގައެވެ.
ތޮޅެންދުއަކީ ދިގު މުއްދަތަށް ކުއްޔަށް ދޫކުރާ ރަށެއްގެ ގޮތުގައި ނިމިދިޔަ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކަނޑައެޅުމުން ނ. އަތޮޅު ކައުންސިލުން ވަނީ ކޯޓަށް މައްސަލަ ހުށަހަޅާފައެވެ. އެގޮތުން ޝަރީއަތުން މައްސަލަ ނިމެންދެން ސަރުކާރުގެ ނިންމުން ތަންފީޒުކުރުމުގެ ގޮތުން އެއްވެސް ކަމެއް ނުކުރުމަށް ކޯޓުން ވަނީ 2022 ވަނަ އަހަރު ވަގުތީ އަމުރެއް ނެރެފައެވެ.
ރައީސް ވިދާޅުވީ ކޯޓުގައި އޮތް މައްސަލަ އަދިވެސް ނުނިމޭ ކަމަށެވެ.
"މާޅެންދޫ ރައްޔިތުންގެ އުންމީދުތަކާ ގުޅިފައިވާ އަދި އަޅުގަނޑުގެ ވައުދާ އެއްގޮތަށް ތޮޅެންދޫ މާޅެންދޫ ބައެއްގެ ގޮތުގައި ހަމަޖެއްސުމަށް ހުރަސް ކުރިމަތި ކުރުވާފައި މިއޮތީ އަތޮޅު ކައުންސިލުން،" ރައީސް ވިދާޅުވިއެވެ.
ނ. އަތޮޅު ކައުންސިލުން ބުނެފައި ވަނީ ތޮޅެންދޫއަކީ ގުދުރަތީ ގޮތުން ޚާއްސަ ސިފަތަކެއް ލިބިގެންވާ ޗަސްކަން ބޮޑު ރަށަކަށް ވާތީ، އެ ރަށުގައި ދަނޑުވެރިކަން ކުރާ ނަމަ ރަށުގެ ތިމާވެށި ހަލާކުވެ، އިއާދަ ނުކުރެވޭނެ ގެއްލުންތަކެއް ލިބޭނެ ކަމަށެވެ.

ގާތްގަނޑަކަށް 19 ގަޑިއިރު ކުރިން

ގާތްގަނޑަކަށް 20 ގަޑިއިރު ކުރިން

ގާތްގަނޑަކަށް 21 ގަޑިއިރު ކުރިން

3 ދުވަސް ކުރިން

3 ދުވަސް ކުރިން

6 ދުވަސް ކުރިން

6 ދުވަސް ކުރިން

6 ދުވަސް ކުރިން