-8402fff9.png)
މިރާޝް މޫސާ

މާޅެންދޫ ފުޓްސަލް ޗެލެންޖުގެ އެންމެ ފަހުގެ ޗެމްޕިއަން ކަބަޓާން އެފްޓީ ބަލިކޮށް ޓެމަރާރިއާސް އިން ފައިނަލަށް ދަތުރުކޮށްފިއެވެ.
މިއަދުގެ މެޗު ޓެމަރާރިއާސް އިން ކާމިޔާބުކުރީ 5-3 ގެ ނަތީޖާއަކުންނެވެ.
މެޗު ޑޮމިނޭޓުކޮށްގެން ކުޅުނު، ޓެމަރާރިއާސްގެ އައްޒާމް އަބްދުالله (އެޑު) ވަނީ ހެޓްރިކް ހަދާފައެވެ. އޭނާގެ އިތުރުން، މުހައްމަދު އަޖުލާން އާއި، އަލީ ފާރިޝް ވަނީ ގޯލެއް ޖަހާފައެވެ.
މެޗުގައި ކަބަޓާން އެފްޓީއަށް ވެސް ވަނީ ލަނޑުޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ލިބިފައެވެ. އެހެން ނަމަވެސް ގިނަ ފުރުސަތުތައް ވަނީ ބޭނުން ނުހިފި ބޭކާރުވެފައެވެ.
މެޗުގައި ކަބަޓާން އެފްޓީގެ ދެ ގޯލު ލިބުނު ދެ ޕެނަލްޓީގައި ކާމިޔާބުކުރީ އައިހަމް ހަމްދޫން (އައިހަމްސްކީ)އެވެ. އަދި ލިބުނު ދުރު ޕެނަލްޓީގައި ތިންވަނަ ލަނޑު ޖެހީ އެ ޓީމުގެ އަލީމް (އަލިންޓޭ) އެވެ.
ޓެމަރާރިއޯސްގެ މި މޮޅާއެކު ބުދަ ދުވަހު ފައިނަލް މެޗުގައި އެ ޓީމުން ވާދަކުރާނީ ކަބަޓާން އެސްސީއާ ދެކޮޅަށެވެ.
-5e457b19.jpg)
1 އަހަރަށްވުރެ ގިނަ ކުރިން

2 އަހަރަށްވުރެ ގިނަ ކުރިން

2 އަހަރަށްވުރެ ގިނަ ކުރިން

2 އަހަރަށްވުރެ ގިނަ ކުރިން

2 އަހަރަށްވުރެ ގިނަ ކުރިން

2 އަހަރަށްވުރެ ގިނަ ކުރިން

2 އަހަރަށްވުރެ ގިނަ ކުރިން