-8402fff9.png)
މިރާޝް މޫސާ

މާޅެންދޫ ކައުންސިލް ފުޓްސަލް ޗެލެންޖުގައި މިއަދު ހަވީރު ކަބަޓާން ސްޕޯސްޓް ކްލަބާ ވާދަކޮށް އެއްވަރު ކޮށްލައިގެން ޓެމަރާރިއޯސްއިން ހަމަޖެހިލައިފިއެވެ.
މިއަދު ކުޅުނު މެޗު ނިމުނީ 4-4ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.
މެޗުގައި ޓެމަރާރިއޯސްގެ ގޯލުތައް ކާމިޔާބު ކޮށްދިނީ އައްޒާމް އަބްދުالله (އެޑު)އާއި އިރުޝާދު އަދުނާން (އޭޓީ)އާއި އަލީ ފާރިޝްއެވެ. އޭގެ ތެރެއިން އަލީ ފާރިޝް ވަނީ ދެ ގޯލު ކާމިޔާބުކޮށްފައެވެ.
މެޗުގައި ކަބަޓާން ސްޕޯޓްސް ކްލަބުން ޖެހި ގޯލުތައް ކާމިޔާބު ކުރީ އަހްމަދު އައިހަމްއާއި މުހައްމަދު ފާސިރާއި މުހައްމަދު ފަރުހާނެވެ. އޭގެ ތެރެއިން އަހްމަދު އައިހަމް ވަނީ ދެ ގޯލު ކާމިޔާބުކޮށްފައެވެ.
މި މެޗު އެއްވަރުވުމާއެކު ގުރޫޕު އެކެއްގެ އެއްވަނައިގައި މިހާރު ހަތަރު ޕޮއިންޓާއެކު އޮތީ ޓެމަރާރިއޯސްއެވެ. ދެވަނަައިގައި އެއް ޕޮއިންޓާއެކު ކަބަތާން ސްޕޯޓްސް ކްލަބް އޮތްއިރު ވައިކިންގްސް އޮތީ ތިންވަނައިގައެވެ.
މާދަމާ ވެސް ގުރޫޕު އެކެއްގެ މެޗެއް ކުޅެވޭނެއެވެ. ވާދަކުރާނީ ކަބަޓާން ސްޕޯޓްސް ކްލަބާއި ވައިކިންގްސްއެވެ.
-5e457b19.jpg)
1 އަހަރަށްވުރެ ގިނަ ކުރިން

2 އަހަރަށްވުރެ ގިނަ ކުރިން

2 އަހަރަށްވުރެ ގިނަ ކުރިން

2 އަހަރަށްވުރެ ގިނަ ކުރިން

2 އަހަރަށްވުރެ ގިނަ ކުރިން

2 އަހަރަށްވުރެ ގިނަ ކުރިން

2 އަހަރަށްވުރެ ގިނަ ކުރިން