-8402fff9.png)

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައްކަތް ކުރިއަށް ދަނީ --- މިނިސްޓްރީ
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްޤީކުރުމުގެ މަޝްރޫއުގެ، 67.5 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ހާމަކޮށްފައިވެއެވެ.
އެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބާއި، ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން އަދި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރު މިއަދު ވަނީ އެރަށަށް ދަތުރު ކުރައްވާފައެވެ.
މިނިސްޓްރީން މިއަދު އާންމުކުރި މައުލޫމާތުގައި ވާގޮތުން، މަޝްރޫޢުގެ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ 2400 މީޓަރުގެ ރަންވޭ އަދި އޭޕްރަންގެ 97 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ. މީގެ އިތުރުން، 10,500 އަކަމީޓަރުގެ ޕެސެންޖަރ ޓާމިނަލްގެ 51.4 އިންސައްތަ އަދި 3,800 އަކަމީޓަރުގެ އެއަރ ޓްރެފިކް ކޮންޓްރޯލް ޓަވަރުގެ 75 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ.
136 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 2.1 ބިލިއަން ރުފިޔާ) ގެ މި މަޝްރޫޢަކީ އިންޑިއާއިން ރާއްޖެއަށް ދީފައިވާ 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިންގެ ދަށުން، އިންޑިއަން އެގްޒިމް ބޭންކް މެދުވެރިކޮށް ހިންގޭ މަޝްރޫޢެކެވެ. މިއީ މާލެއިން ބޭރުގައި މިހާތަނަށް ހިންގޭ އެންމެ ބޮޑު މަޝްރޫޢު ކަމަށްވެސް ބެލެވެއެވެ.
މި އެއާޕޯޓް ފަރުމާކުރެވިފައިވަނީ އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭ ގޮތަށެވެ. އަދި އެއަރބަސް A320 އަދި ބޯއިންގ 737 ފަދަ ބޮޑެތި މަތިންދާބޯޓުތަކަށް ޖެއްސޭނެ ގޮތަށް ރަންވޭ ތައްޔާރުކުރެވެއެވެ. މިކަމުގެ ސަބަބުން މެދުއިރުމަތި، ދެކުނު އޭޝިއާ، ދެކުނު އިރުމަތީ އޭޝިއާ އަދި އިރުމަތީ އެފްރިކާގެ ޤައުމުތަކުން ސީދާ ހަނިމާދޫއަށް ފްލައިޓްތައް އޮޕަރޭޓްކުރުމުގެ ފުރުޞަތު ހުޅުވިގެންދާނެއެވެ.
މުޅި މަޝްރޫޢު ނިމޭނެ ކަމަށް ލަފާކުރެވެނީ އަންނަ އަހަރުގެ މާރޗް މަހުގެ ނިޔަލަށެވެ. މި މަޝްރޫޢު ނިމުމުން، ރާއްޖޭގެ އުތުރުގެ ތަރައްޤީއަށް އައު ދޮރެއް ހުޅުވި، ފަތުރުވެރިކަމާއި ވިޔަފާރީގެ ދާއިރާއަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.
3 މަސް ކުރިން

4 މަސް ކުރިން

5 މަސް ކުރިން
-650ab3ac.jpg)
1 އަހަރަށްވުރެ ގިނަ ކުރިން

2 އަހަރަށްވުރެ ގިނަ ކުރިން

2 އަހަރަށްވުރެ ގިނަ ކުރިން

2 އަހަރަށްވުރެ ގިނަ ކުރިން

2 އަހަރަށްވުރެ ގިނަ ކުރިން