-8402fff9.png)
ޢާއިޝަތު ޖަނާ ޝަރީފް

އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަނީ --- މަޖިލިސް
ފައިސާ ހަމަޖެހޭ ހިސާބުން އައްޑޫ ސިޓީ ހިތަދޫއާއި ހުޅުމީދޫ ގުޅުވައިދޭ ބުރިޖުގެ މަޝްރޫއު ފެށިގެން ކުރިއަށް ދާނެ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހިތަދ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ ފައިސާ ހަމަޖެހޭ ހިސާބުން ޕްރޮޖެކްޓު ކުރިއަށް ދާނެ ކަމަަށެވެ. އަދި މިވަގުތު ފައިސާ ހަމަނުޖެހެނީސް ކޮންޓްރެކްޓެއްގެ ތެރެއަށް ވަންނަން ބޭނުން ނުވާކަމަށްވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
އިތުރަށް މިނިސްޓަރު ވިދާޅުވީ އައްޑޫ ބުރިޖު މަޝްރޫއަކީ ސަރުކާރުގެ ޕްރިއޮރިޓީގެ އެންމެ އިސްކަންދޭ އެއް މަޝްރޫއު ކަމަށެވެ.
"އެހެންވީމަ ސަރުކާރުން އޭރުގަ، އެކަމަށް އެދި ޕްރޮޕޯސަލް ހުށަހެޅި ފަރާތަކާއެއްކޮށް ވާހަކަ ދައްކައިގެން އެ ފަރާތަކީ ކެޕޭސިޓީ ހުރި ބަޔަކަށް ވާތީ އަޅުގަނޑުމެން ސޮއި ކޮށްގެން މަސައްކަތް ތަކެއް ކުރަމުން ދަނީ،" އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ޕްރޮޖެކްޓަށް ބޭނުންވާ ލޯނު ނަގާނީ ސަރުކާރުން ކަމަށް ވީ ނަމަވެސް އެމްއޯޔޫގެ ދަށުން ފައިސާ ހަމަޖެއްސުން އޮންނާނީ އެ ބޭފުޅުންނަށް ކަމަށެވެ. އެގޮތުން ފައިސާ އެރޭންޖުކުރާ ބައެއް ފަރާތްތަކާއި ވަހަކަދައްކައިގެން މިހާރު ކުރިއަށްދާކަން ވެސް މިނިސްޓަރު ވަނީ ފާހަގަ ކުރައްވައިފައެވެ.
"މި ވަގުތު ކުރިއަށް ދަނީ އެފަރާތުން ހުށަހަޅާ ފަރާތްތަކާއި ވާހަކަ ދައްކައި ސަރުކާރަށް އެއްބަސްވެވޭ ކަހަލަ ފައިނޭންސިން ހަމަޖެހޭތޯ. ހަމަ ޖެހިއްޖެ ކަމަށް ވަންޏާ އަޅުގަނޑުމެން ސޮއި ކޮށްގެން ކުރިއަށް ގެންދާނަން. ހަމަ ނުޖެހޭ ކަމަށް ވާނަމަ ދެން އަޅުގަނޑުމެންނަށް އެކަން ކުރެވޭ އެހެން ފަރާތަކާއެއްކޮށް ކުރިއަށް ދާނަން،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ އެ މަޝްރޫއުގެ ދަށުން މިހާރު ކުރިއަށް ދަނީ މިހާރު ސޮއި ކޮށްފައި އޮތް ފަރާތުން ހުށަހަޅައިފައިވާ ފައިނޭންސިން ކަންތައްތައް އެއި ސަރުކާރަށް އެކްސެޕްޓެބަލް ކަމެއްތޯ ނުވަތަ ނޫންތޯ ބަލައި އިވަލުއޭޓު ކުރުން ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
އައްޑޫ ސިޓީ ހިތަދޫއާއި ހުޅުމީދޫ ގުޅުވައިދޭ ބުރިޖެއް އެޅުމަކީ ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ. އެކަމަށް ޚާއްސަކޮށް، އެ މަސައްކަތް ފެށުމުގެ ސާވޭ ހަދަން 30 މިލިއަން ރުފިޔާ މި އަހަރުގެ ބަޖެެޓުގައި ވެސް ހިމެނިއެވެ

3 ދުވަސް ކުރިން

4 ދުވަސް ކުރިން

4 ދުވަސް ކުރިން

10 ދުވަސް ކުރިން

11 ދުވަސް ކުރިން

16 ދުވަސް ކުރިން

23 ދުވަސް ކުރިން

24 ދުވަސް ކުރިން