-8402fff9.png)
ސައިފުﷲ އަލީ

އިންފްރާސްޓްރަކްޗާ މިިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަނީ -- މަޖިލިސް
މިދިޔަ ސަރުކާރުން ފެނަކަ ކޯޕަރޭޝަނާ ހަވާލުކުރި ފެނާ ނަރުދަމާގެ ހުރިހާ މަޝްރޫއެއް ހުރީ ހުއްޓިފައި ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
މިއަދުގެ މަޖިލީހުގެ ޖަލްސާގައި ފެނާ ނަރުދަމާގެ މަޝްރޫއުތަކާ ބެހޭ ގޮތުން މެންބަރުން ވަނި ގިނަ ސުވާލުތަކެއް މިނިސްޓަރަށް ކުރިމަތިކޮށްފައެވެ. އޭގެ ޖުމްލަ ޖަވާބެއްގެ ގޮތުގައި މިނިސްޓަރު ވިދާޅުވީ، އެއްކޮށް ހުއްޓިފައި ހުރި މަޝްރޫއުތަކަކީ ފެނަކައާ ހަވާލުކޮށްފައިވާ މަޝްރޫއުތައް ކަމަށެވެ. ސަރުކާރު ބަދަލުވި އިރު ވެސް އެ މަޝްްްރޫއުތައް ހުރީ ހުއްޓިފައި ކަމަށް އޭނާ ވިދާޅުވިއެވެ.
"ފެނަކަ އަކީ އެއްވެސް ވަރަކަށް ފެނާ ނަރުދަމާ އެޅުމުގެ ކޮންޓްރެކްޓެއްގެ މަސައްކަތް ކުރި ބައެއް ނޫން، އެހެން ނަމަވެސް 2020ވަނަ އަހަރު އެބައޮތް އެ ފަރާތަށް [ނަރުދަމާ އެޅުމަށް] 16 ރަށަކާއި، އަދި އިތުރަށް ތިން ރަށެއްގެ މަރާމާތުގެ މަސައްކަތް ހަވާލުކުރެވިފައި،"
"އެބޭފުޅުން ސަބްކޮންޓްރެކްޓް ކޮށްގެން އެހެން ފަރާތްތަކާ ހަވާލުކޮށްގެން ހަމަ އެއްވެސް ކުރިއަށް ނުދާތީ އަޅުގަނޑުމެން މިހާރު ވާނެ އޭއްޗިހި ޓާމިނޭޓް ކޮށްފައި" މިނިސްޓަރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެ މަޝްރޫއުތައް ޓާމިނޭޓް ކުރުމަށްފަހު، ހަވާލުކުރުމަށް ނިންމާފައިވަނީ އެމްޑަބްލިއުއެސްސީއަށް ކަމަށެވެ. އެކަމަށްޓަކައި، ސާވޭހަދައި، މަޝްރޫއުތައް އަގުކޮށް، ޓެންޑާ ބޯޑަށް ހުށަހަޅާފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. ޓެންޑާ ބޯޑުގެ މަސައްކަތް މި މަސް ތެރޭ ނިމޭނެކަމަށް ލަފާ ކުރެވޭ ކަަމަށް އޭނާ ފާހަގަކުރެެއްވިއެވެ.
މީގެ އިތުރުން ވެސް ސަރުކާރުގެ ގިނަ ކުންފުނިތަކުގެ ކެޕޭސިޓީއަށް ވުރެ އިތުރަަށް މަޝްރޫއުތައް ހަވާލުކޮށްފައި ހުރުމުގެ ސަބަބުން މަޝްރޫއުތައް މަޑުޖެހިފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން، އެމްޓީސީސީއާއި، އާރްޑީސީ ފަދަ ކުންފުނިތައް މިިނިސްޓަރު ފާހަގަކުރެއްވިއެވެ.

3 ދުވަސް ކުރިން

4 ދުވަސް ކުރިން

4 ދުވަސް ކުރިން

10 ދުވަސް ކުރިން

11 ދުވަސް ކުރިން

16 ދުވަސް ކުރިން

23 ދުވަސް ކުރިން

24 ދުވަސް ކުރިން