-8402fff9.png)
ސައިފުﷲ އަލީ
-650ab3ac.jpg)
ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނީ އަންނަ ސެޕްޓެމްބަރު މަހުގައި ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މުއްތަލިބު ވިދާޅުވީ އެއާޕޯޓްގެ 2.7 ކިލޯމީޓަރުގެ ރަންވޭގެ މަސައްކަތް އެއްކޮށް ނިންމާލެވިފައިވާ ކަމަށެވެ. އަދި ފަސިންޖަރުންގެ ޓާމިނަލްގެ 83 ޕަސެންޓް މަސައްކަތް ނިމިފައިވާއިރު، އެއާޓްރެފިކް ކޮންޓްރޯލް ޓަވަރާއި ކާގޯ އިމާރާތުގެ އިތުރުން ފިއުލް ފާމް މަސައްކަތުގެ 96 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މަސައްކަތް މިހާރު ގޮސްފައިވާ ހިސާބަށް ބަލާއިރު، އަންނަ ސެޕްޓެމްބަރު މަހުގެ ތެރޭގައި އެއްކޮށް އެއާޕޯޓް ނިންމާލެވޭނެ ކަމަށް ބެލެވޭ ކަމަށެވެ.
އިންޑިއާގެ އެގްޒިމް ބޭންކުން ދޫކުރި 136 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 2.1 ބިލިއަން ރުފިޔާ) ގެ ލޯނުގެ ދަށުން ހިންގާ މި މަޝްރޫއުގެ މަސައްކަތް ކުރިއަށްގެންދަނީ އެ ގައުމުގެ ޖޭއެމްސީ ޕްރޮޖްކެޓްސް ކުންފުނިންނެވެ.
މި އެއާޕޯޓް ފަރުމާކުރެވިފައިވަނީ އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭ ގޮތަށެވެ. އަދި އެއާބަސް A320 އަދި ބޯއިން 737 ފަދަ ބޮޑެތި މަތިންދާ ބޯޓުތަކަށް ޖެއްސޭނެ ގޮތަށް ރަންވޭ ވަނީ ތައްޔާރުކޮށްފައެވެ. މިކަމުގެ ސަބަބުން މެދުއިރުމަތި، ދެކުނު އޭޝިއާ، ދެކުނު އިރުމަތީ އޭޝިއާ އަދި އިރުމަތީ އެފްރިކާގެ ގައުމުތަކުން ސީދާ ހަނިމާދުއަށް ފްލައިޓްތައް އޮޕަރޭޓްކުރުމުގެ ފުރުސަތު ފަހިވާނެއެވެ.

4 ދުވަސް ކުރިން

10 ދުވަސް ކުރިން

11 ދުވަސް ކުރިން
ގާތްގަނޑަކަށް 2 މަސް ކުރިން

2 މަސް ކުރިން

3 މަސް ކުރިން
4 މަސް ކުރިން

4 މަސް ކުރިން