-8402fff9.png)
ސައިފުﷲ އަލީ

ކުޑަހުވަދޫގައި ގާއިމުކުރި ސްމާޓް މީޓަރުތައް އެންވަޔަރަމެންޓް މިނިސްޓަރު ތޯރިގު އިބްރާހީމް އިފްތިތާހުކޮށްދެއްވަނީ --
ކަރަންޓު ބިލު ބޮޑުވުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ފެނަކައިން ކުރިއަށް ގެންދާ ސްމާޓް މީޓަރު ހަރުކުރުމުގެ ޕްރޮޖެކްޓުގެ ދަށުން ދ. ކުޑަހުވަދޫގެ ގޭގޭގައި މީޓަރު ހަރުކޮށް ނިންމައިފިއެވެ.
ޗައިނާގެ ޑޮންފަން ކުންފުނީގެ އުފެއްދުމެއްކަމަށްވާ މި މީޓަރަކީ، ބައިނަލްއަޤުވާމީ މިންގަނޑުތަކަށް ފެތޭ، ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ޤައުމުތަކުގައިވެސް ބޭނުންކުރަމުންދާ މީޓަރެކެވެ. ފެނަކައިން ބުނީ އެ މީޓަރު ޓެސްޓު ކުރެވޭނެ ވަސީލަތް ފެނަކައިގައި ގާއިމުކޮށްފައިވާ ކަމަށެވެ.
އެކަން ފާހަގަކުރުމަށް މިރޭ ކުޑަހުވަދޫގައި އޮތް ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެންވަޔަރަންމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމް ވިދާޅުވީ، ކުރިއަށް އޮތް އަހަރުތަކުގައި ރާއްޖޭގެ ހުރިހާ ގެތަކެއްގައި އަދި ވިޔަފާރިކުރާ ތަންތަނުގައި ސްމާޓް މީޓަރު ހަރުކުރާނެ ކަމަށެވެ. މިނިސްޓަރު އިތުރަށް ވިދާޅުވީ، ސްމާޓް މީޓަރުން އެ ދުވަހެއްގައި ކަރަންޓު ބޭނުން ކުރެވުނު މިންވަރު އެނގިގެން ދާނެ. އަދި ކުރިއަށް އޮތް ތަނުގައި ގަޑިއިރަކު ބޭނުން ކުރަނީ ކިހާ ކަރަންޓެއްކަން ވެސް އެނގިގެންދާނެ ކަމަށެވެ.
މިއީ ރާއްޖޭގެ ރަށެއްގެ ހުރިހާ ގެއެއްގައި ސްމާޓް މީޓަރު ހަރުކޮށް ކަރަންޓު ދޫކުރަން ފެށި ފުރަތަމަ ރަށެވެ. މި ރަސްމިއްޔާތުގައި މީޓަރު ބޭނުންކުރުމަށް ޚާއްސަ އެޕެއް ވެސް ތައާރަފުކޮށްފައިވެއެވެ. މި އެޕް މެދުވެރިކޮށް ކަސްޓަމަރުންނަށް އެމީހުންގެ ކަރަންޓު ބޭނުންކުރާ މިންވަރު ދުވަހުން ދުވަހަށް ބެލޭނެއެވެ.
ފެނަކައިން ބުނީ ސްމާޓް މީޓަރު ހަަރުކުރުމުގެ މަސައްކަތް ރާއްޖޭގެ ގިނަ ސަރަހައްދުތަކުގައި މިހާރު ނިމިފައިވާ ކަމަށެވެ. އެގޮތުން ހ، ބ، މ، ފ، ދ، ތ މި އަތޮޅުތަކާއި، ފުވައްމުލައް ސިޓީގައި އެ މަސައްކަތް މިހާރު ހިނގަމުންއެބަދެއެވެ. ދ އަތޮޅާއި، ފުވައްމުލަކުގައި މަަސައްކަތުގެ ބޮޑުބައި ވަނީ ނިންމާލާފައެވެ.
ފެނަކައިން ބުނީ އެ މަޝްރޫއުގެ އެއްބަސްވުމުގައި 2022ވަނަ އަހަރު ސޮއިކުރި ނަމަވެސް، މިހާތަނަށް އޮތީ މަޝްރޫއު ކުރިއަށް ގެންދަން ދޭންޖެހޭ އެއްބާރުލުން ނުދީ ކަމަށެވެ. އެ މަސައްކަތް އަލުން ފަށާފައި ވަނީ ކުންފުނީގެ އާ މެނޭޖްމެންޓުގެ ދަށުންނެވެ.
2 މަސް ކުރިން

2 މަސް ކުރިން

3 މަސް ކުރިން

3 މަސް ކުރިން

3 މަސް ކުރިން
-526cfedb.jpg)
4 މަސް ކުރިން

4 މަސް ކުރިން
-eae3b4d6.jpg)
5 މަސް ކުރިން