-8402fff9.png)

ތިލަފުށީ ފަޅުތެރެއިން އުޅަނދުތައް ހުސްކުރުމަށް އެޗްޑީސީން އަންގާފައިވާ ސަރަހައްދެއް --
ތިލަފުށީ ފަޅުތެރެ ސްލޯޕިން ކުރުމަށް އެ ސަރަހައްދުގައި ހުރި އުޅަނދުތައް ނަގަން އަންގައިފިއެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ނެރުނު އިއުލާނެއްގައި ބުނީ ތިލަފުށި ތަރައްގީ ކުރުމަށް ހިއްކަން ޖެހޭ ސަރަހައްދުތައް ހިއްކުމަށްފަހު ސްލޯޕިން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެހެން ކަމުން އެ ސަރަހައްދުގައި އަޅާފައިވާ އުޅަނދުތައް ނެގުމަށް އެ ކޯޕަރޭޝަނުން ވަނީ އަންގާފައެވެ.
އެގޮތުން، ތިލަފުށީގެ އޭރިއާ އީ ސަރަހައްދުގައި އަޅާފައި ހުރި އުޅަނދުތައް އެ އިއުލާނާއެކު ވަނީ ފާހަގަކޮށްފައެވެ.
ދީފައިވާ މުއްދަތުގައި އުޅަނދުތައް ނުނަގާ ނަމަ، ތިލަފުއްޓާއި ގުޅިފަޅުގެ ފަޅުތެރެޔަށް ދޫކޮށްލާފައިވާ އުޅަނދުފަހަރާއި ތަަކެއްޗާއި މެދު އަމަލު ކުރުމުގެ އުސޫލުގެ ދަށުން އެ އުޅަނދުތަކާއި މެދު އަމަލު ކުރެވޭނެ ކަމަށް ވެސް އެޗްޑީީސީން ބުނެއެވެ.
މިކަމާ ގުޅޭ އިތުރު މައުލޫމާތު ހޯދަން ބޭނުންވާ މީހުން އެޗްޑީސީގެ ހޮޓްލައިން 1516 އަށް ގުޅުމަށް އެ ކުންފުނިން އެދެއެވެ.
ތިލަފުށި ހިއްކައި ތަރައްގީ ކުރުމަކީ ވިޔަފާރިވެރިންނަށް ފުރުސަތު ފަހިކޮށްދިނުމަށް އެ ކޯޕަރޭޝަނުން ކުރިއަށްގެންދާ މަޝްރޫއެއްކަމުން، އެ ކަމަށް އެއްބާރުލުން ދިނުމަށް އެޗްޑީސީން ވަނީ އެދިފައެވެ.

ގާތްގަނޑަކަށް 1 މަސް ކުރިން

ގާތްގަނޑަކަށް 1 މަސް ކުރިން

2 މަސް ކުރިން

3 މަސް ކުރިން

3 މަސް ކުރިން
-eb088e61.png)
4 މަސް ކުރިން
4 މަސް ކުރިން
4 މަސް ކުރިން