-8402fff9.png)
މިރާޝް މޫސާ
ރައްޔިތުންގެ މަޖިލީހުގައި ސަރުކާރު ހިންގާ މައި ޕާޓީ, ޕީއެންސީ ތަމްސީލުކުރައްވާ މެންބަރުންނަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ފައިސާ ދެއްވާކަމަށް ބުނެ އޮންލައިން ނޫހަކުން ފެތުރި ޚަބަރު ދޮގުކޮށްފިއެވެ.
އޮންލައިން ނޫހަކުން މިއަދު ރިޕޯޓްކޮށްފައިވާ ގޮތުގައި ރައީސް ވަނީ ޕީއެންސީއަށް ނިސްބަތްވާ މެންބަރުންނަށް 75,000 ރުފިޔާ ދެއްވައިފައެވެ.
އެ ކަމާ ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން، ޕީއެންސީގެ މަޖިލިސް މެންބަރުންނަށް ފައިސާ ދިންކަމަށް ބުނެ ނޫހެއްގައި ޝާއިޢުކޮށްފައިވަނީ "ކަނޑައެޅިގެން ހަގީގަތާ ޚިލާފު ދޮގު" ޚަބަރެއް ކަމަށެވެ.
"ރައީސުލްޖުމްހޫރިއްޔާއަށް ނިސްބަތްކޮށް، ފިތުނަ އުފެއްދުމުގެ ބޭނުމުގައި މިފަދަ ދޮގު ޚަބަރެއް ފެތުރި މައްސަލަ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައި ޤާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް މިދަނީ ކުރަމުންނެވެ،" އެ ޕޯސްޓުގައި ވެއެވެ.
މީގެ އިތުރުން, ހީނާވަނީ ރައީސުލްޖުމްހޫރިއްޔާއާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ނިސްބަތްކޮށް ދޮގު ޚަބަރު ފަތުރާ ފަރާތްތަކާމެދު ސަމާލުވުމަށް ރައްޔިތުންނަށް އިލްތިމާސްކުރައްވައިފައެވެ.
ރައީސް މުއިއްޒުގެ ފަރާތްޕުޅުން ވެރިކަން ކުރާ ޕާޓީގެ މެންބަރުންނަށް ފައިސާ ބަހާ ވާހަކަ މީގެ ކުރިން ވެސް ފެންމަތިވިއެވެ. އޭރު ވެސް ސަރުކާރުން ވަނީ އެ ކަން ދޮގުކޮށްފައެވެ.

ގާތްގަނޑަކަށް 18 ގަޑިއިރު ކުރިން

ގާތްގަނޑަކަށް 20 ގަޑިއިރު ކުރިން

ގާތްގަނޑަކަށް 21 ގަޑިއިރު ކުރިން

3 ދުވަސް ކުރިން

3 ދުވަސް ކުރިން

6 ދުވަސް ކުރިން

6 ދުވަސް ކުރިން

6 ދުވަސް ކުރިން