-8402fff9.png)
ސައިފުﷲ އަލީ

މާޒިޔާ އާއި ބުރު ބައްދަލުކުރި މެޗު ލައިޓުތައް ނިވުމުން މެދުކަނޑާލާފައި ---
ދިވެހި ޕްރިމިއާ ލީގުގައި ރޭ މާޒިޔާ އާއި ބުރު ބައްދަލުކުރި މެޗުގައި ދަނޑުގެ ލައިޓުގައި މައްސަލައެއް ޖެހިގެން މެޗު މެދުކަނޑާލަން ޖެހިއްޖެއެވެ.
ގަލޮޅު ދަނޑުގެ ލައިޓުތަކުގައި މައްސަލަ ޖެހި، ވަރަށް ބޮޑަށް އަލި ފަނޑުވެފައި ހުންނަތާ ދުވަސްކޮޅެއް ވަނީ ވެފައެވެ. ނަމަވެސް، މެޗެއް ކުޅެކުޅެ ހުއްޓާ ލައިޓު ނިވިގެން މެޗު ހުއްޓާލަން މިފަހަކުން ޖެހުނު މިއީ ފުރަތަމަ ފަހަރެވެ.
ރޭގެ މެޗުގައި ދަނޑުގެ ލައިޓުއް ނިވުނީ ދެވަނަ ހާފުން ދިހަވަރަކަށް މިނެޓު ކުޅެފައި ވަނިކޮށެވެ. އެ މައްސަލަ ހައްލު ކުރުމަށް ބައި ގަޑިއިރެއްހާއިރު ވަނީ ހޭދަވެފައެވެ. އޭގެ ފަހުން ފެށި މެޗު ނިމުނީ 6-0 އިން މާޒިޔާ ކާމިޔާބުކޮށްގެންނެވެ.
ގަލޮޅު ދަނޑުގެ ލައިޓުތަކުގައި މައްސަލަޖެހި، މެޗެެއް ހުއްޓާލަން ޖެހުނު އިރު، ކުރީ ސަރުކާރުގެ ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހްލޫފު ވަނީ ގަލޮޅު ދަނޑު ތަޅާލާ، އާ ދަނޑެއް އެޅުން ނޫން ހައްލެއް މިހާރު އެތަނަށް ނެތް ކަމަށް ވިދާޅުވެފައެވެ. އެގޮތުން އާ ދަނޑެއްގެ ޕްރޮޖެކްޓެއް ވެސް އޭނާ އިއުލާނު ކުރެއްވިއެވެ.
މި މައްސަލަ ފެންމަތިވެފައި މިވަނީ ފުޓުބޯޅަ އެސޯސިއޭޝަނުގެ ތެރެއިން ހިންގާފައިވާ ގިނަ މާލީ ކުށްތަކެއްގެ ތަހުގީގު ފުލުހުން ފަށާފައިވާ ދަނޑިވަޅެއްގައެވެ. އެ މަައްސަލައިގައި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ ޕާސްޕޯޓު އިއްޔެ ވަނީ ހިފަހައްޓާފައެވެ.

7 މަސް ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން

ގާތްގަނޑަކަށް 2 އަހަރު ކުރިން
ގާތްގަނޑަކަށް 2 އަހަރު ކުރިން

ގާތްގަނޑަކަށް 2 އަހަރު ކުރިން

ގާތްގަނޑަކަށް 2 އަހަރު ކުރިން

ގާތްގަނޑަކަށް 2 އަހަރު ކުރިން
-a41fe890.jpg)
ގާތްގަނޑަކަށް 2 އަހަރު ކުރިން