-8402fff9.png)

ޢާއިޝަތު ޢަލްޔާ ޢާރިފް

އައްބާސް މަޖިލީހުގައި ވާހަކަދައްކަވަނީ -- ފޮޓޯ: މަޖިލިސް
ޒުވާނުން ދުންފަތަށް ކުރާ ހޭދަ އަމިއްލަ އާއިލާއަށް ކުރާ ހޭދައަށްވުރެ މަތިކަމަށް ވެލިދޫ ދާއިރާގެ މެމްބަރު މުޙަމަދު ޢައްބާސް ވިދާޅުވެއްޖެއެެވެ.
އައްބާސް މިހެން ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހުގައި ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސްކުރައްވާ ވާހަކަދައްކަވަމުންނެވެ.
"މިއަދުގެ ހާލަތަކީ ޒުވާނުން މިއަދު ވެސް ސިނގިރޭޓަށް ކުރާ ހޭދަ އަމިއްލަ އާއިލާއަށް ކުރާ ހޭދައަށްވުރެ ވަރަށް ބޮޑުތަން މި ދަނީ އިތުރުވަމުން،" އައްބާސް ވިދާޅުވިއެވެ.
މީގެ އިތުރުން, އާއްމު ދިރިއުޅުމުގެ އިގްތިސޯދު ރަނގަޅުވެ ދުންފަތަށް ކުރާ ހޭދަ ނިމުމަކަށް އައިސް ދިރިއުޅުން ރަނގަޅުކުރަން ފައިސާ ހޭދަކުރެވޭނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އިތުރަށް އައްބާސް ވަނީ ވޭޕް އަދި ދުންފަތާ ގުޅުންހުރި ބާވަތްތައް މަނާކުރުމުގެ ސަބަބުން ރާއްޖެއިން ބޭރުވާ ފައިސާގެ އަދަދު މަދުވާނެކަން ފާހަގަކުރައްވާފައެވެ. އަދި ދުންފަތާއި ދުރުވުމުގެ ސަބަބުން އާންމު ދިރިއުޅުމުގެ އިގްތިސޯދު ރަނގަޅުވެ ދުންފަތަށް ކުރަންޖެހޭ ހަރަދު މަދުވެ ދިރިއުޅުން އުޖާލާކުރުމަށް ފައިސާ ބޭނުންކުރެވޭނެކަމަށް ވެސް ވިދާޅުވިއެވެ.
ވޭޕް އަދި ދުންފަތާ ގުޅުންހުރި ބާވަތްތައް، އެއްވަނަ ދުނިޔޭގެ ގައުމުތަކުގައި ވެސް މަނާކޮށްފައިވާކަން އައްބާސް ފާހަގަކުރެއްވިއެވެ. އަދި ދުންފަތާއި ވޭޕްގެ ސަބަބުން ކެންސަރާއި ސްޓްރޯކް އަދި ފުއްޕާމޭގެ އެކި ބަލިތަކަށް މީހުން ހުށަހެޅޭކަމަށް ވެސް ވިދާޅުވިއެވެ.
މީގެ އިތުރަށް، އައްބާސް ވަނީ، މިއީ ދައުލަތަށް އާމްދަނީ ހޯދަން ކުރާކަމެއް ގޮތަށް ވިސްނައިދޭން އިދިކޮޅުން މަސައްކަތްކުރާކަމަށް ވެސް ވިދާޅުވިއެވެ. އަދި ވޭޕްމަނާކުރުމާއި ދުންފަތުން ޑިއުޓީ ބޮޑުކުރުުމަށް 95 ޕަސެންޓް ރައްޔިތުން ތާއީދުކުރާނެ ކަމަށާއި ދުންފަތާ ގުޅުންހުރި ބާވަތްތަކުން ޓެކްސް ނެގުމަކީ ބުއްދިވެރިކަމެއްގެ ގޮތުގައި އައްބާސް ސިފަކުރެއްވިއެވެ.
އަންނަ މަހުގެ 15 އިން ފެށިގެން ވޭޕާއި، އޭގެ ބައިތައް އެތެރެކުރުން މަނާ ކުރުމަށާއި، ޑިސެމްބަރު 15 އިން ފެށިގެން އެތަކެތި ބޭނުންކުރުން މަނާކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ނިންމަވައިފައެވެ.

3 ދުވަސް ކުރިން

4 ދުވަސް ކުރިން

16 ދުވަސް ކުރިން

23 ދުވަސް ކުރިން

24 ދުވަސް ކުރިން
-9d59190a.jpg)
25 ދުވަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން

2 މަސް ކުރިން