-8402fff9.png)

ޢާއިޝަތު ޢަލްޔާ ޢާރިފް

މަޖިލީސްގެ ބައަދަލުވުމެއް
މި އަހަރަށް ސަރުކާރުން ހުށަހަޅާ ސަޕްލިމެންޓަރީ ބަޖެޓު މަޖިލީހަށް ހުށަހެޅުމަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މިއަދު ތާވަލުކޮށްފިއެވެ.
މިއަދު 11:00ގައި ފަށަން ތާވަލުކޮށްފައިވާ މަޖިލީހުގެ ޖަލްސާގެ އެޖެންޑާގައި ހިމަނާފައިވަނީ ސަޕްލިމެންޓަރީ ބަޖެޓު ހުށަހެޅުމާއި، އެ މަސައްކަތް ކުރިއަށް ގެންދިއުމެވެ. ބުރާސްފަތި ދުވަހަކީ އާންމުކޮށް މަޖިލީހުގެ ޖަލްސާތައް ބާއްވާ ދުވަހެއް ނޫނެވެ.
މި އަހަރަށް މަޖިލީހުން ފާސްކޮށްފައިވަނީ 49.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ފިނޭންސް މިނިސްޓްރީގެ ހިސާބުތައް ދައްކާ ގޮތުން، ސެޕްޓެންބަރުގެ ނިޔަލަށް ބަޖެޓުން ހަރަދުވެފައިވަނީ 37 ބިލިއަން ރުފިޔާ އެވެ. މިއަދު ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާ ސަޕްލިމަންޓަރީ ބަޖެޓަކީ 5.1 ބިލިއަން ރުފިޔާގެ ބަޖެޓެެކެވެ.
މިދިޔަ ދެ އަހަރު ވެސް ވަނީ ބަޖެޓަށް ވުރެ ޚަރަދުތައް އިތުރުވާނެ ކަމަށް ބަލައި، ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހަޅާފައެވެ. ނަމަވެސް، އެ ދެ އަހަރުގެ ސަޕްލިމެންޓަރީ ބަޖެޓު ހުށަހަޅާފައިވަނީ ޖެހިގެން އަންނަ އަހަރުގެ ބަޖެޓާއެކު އެވެ.
އެއާ ޚިލާފަށް، މިއަހަރުގެ ސަޕްލިމެންޓަރީ ބަޖެޓު ހުށަހަޅަނީ އަންނަ އަހަރުގެ ބަޖެޓުގެ ހުށަހެޅުމުގެ ކުރިންނެވެ. އެނގިފައިވާ ގޮތުގައި އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު މަޖިލީހަށް ފޮނުވާނީ މިމަހުގެ 29ވަނަ ދުވަހުއެވެ.

3 ދުވަސް ކުރިން

4 ދުވަސް ކުރިން

16 ދުވަސް ކުރިން

23 ދުވަސް ކުރިން

24 ދުވަސް ކުރިން
-9d59190a.jpg)
25 ދުވަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން

2 މަސް ކުރިން