-8402fff9.png)

ޢާއިޝަތު ޢަލްޔާ ޢާރިފް

ފިނޭންސް މިނިސްޓަރު މަޖިލީހުގައި ވާހަކަފުޅު ދައަކަވަނީ -- މަޖިލީސް
މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށައެޅި ސަޕްލިމެންޓަރީ ބަޖެޓުން ބޮޑުބައެއް ޕީއެސްއައިޕީ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ކަނޑައަޅައިފިއެވެ.
ސަރުކާރުގެ ފަރާތުން މިއަދު މަޖިލީހަށް ހުށަހަޅާފައިވަނީ 5.1 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީީ ބަޖެޓެކެވެ. އެ ބަޖެޓު ބެހިފައިވާ މައިގަނޑު ބައިތަކަކީ؛
ރައްޔިތުންގެ މަޖިލީހަށް ސަޕްލިމެންޓަރީ ބަޖެޓު ހުށައަޅުއްވަމުން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ ޕީއެސްއައިޕީއަށް ކުރާ ޚަރަދު ބަޖެޓަށް ވުރެ އިތުރުވީ، މަޝްރޫއުތަކަށް އެކަށީގެންނުވާ ކުދި އަދަދުތައް ބަޖެޓުކޮށްފައި ހުރުމުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން މަޝްރޫއުތަކުގެ ކޮންޓްރެކްޓް އަގު 36 ބިލިއަން ރުފިޔާއަށް އަރާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން ސަބްސިޑީއަށް ކުރާ ޚަރަދު އިތުރުވެފައިވަނީ ޚަރަދު ކުޑަކުރުމުގެ ގޮތުން، ސަބްސިޑީ ރިފޯމްކުރުމުގެ ފިޔަވަޅުތަކެއް އަޅާނެ ކަމަށް ބަލައި ބަޖެޓު ހަދާފައިވާ ނަމަވެސް، އެ ފިޔަވަޅުތައް އެޅުމަށް ކުރީ ސަރުކާރުން ތައްޔާރުވެފައި ނުވުމުން އައި ލަސްކަމާ ގުޅިގެން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މި ސަޕްލިމެންޓަރީ ބަޖެޓާއެކު، ބަޖެޓުގެ ޖުމްލަ ޑެފިސިޓަށް ހަތަރު ބިލިއަން ޑޮލަރު އިތުރުވާނެއެވެ. އަދި އަހަރު ނިމޭއިރު ޖީޑީޕީގެ ނިސްބަތުން ދައުލަތުގެ ދަރަނި 118 ޕަސެންޓަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

3 ދުވަސް ކުރިން

4 ދުވަސް ކުރިން

16 ދުވަސް ކުރިން

23 ދުވަސް ކުރިން

24 ދުވަސް ކުރިން
-9d59190a.jpg)
25 ދުވަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން

2 މަސް ކުރިން