-8402fff9.png)

މަރްޔަމް މަޢާޝާ އިލްޔާސް

ތިނެއް ނޮވެންބަރުގެ މައުރަޒު ރައީސް ބައްލަވާލައްވަނީ —- ރައީސް އޮފީސް
ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ސިފައިންގެ ފަރާތުން ތައްޔާރުކުރި ޚާއްސަ މައުރަޒު ރައީސް ޑރ. މުހައްމަދު މުއިއްޒު ހުޅުއްވައިދެއްވައިފިއެވެ.
ރައީސް އެ މައުރަޒު ހުޅުއްވައިދެއްވީ އެކަމަށް ޚާއްސަކޮށް، އާޓް ގެލަރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި މި މައުރަޒުގެ ބޭނުމަކީ ނޮވެންބަރު ތިނެއްގެ އުދުވާނީ ހަމަލާގައި ލިބުނު ގެއްލުންތަކާއި، އެދުވަހު ދިވެހި ސިފައިން މި ގައުމަށް ނަސްރު ހޯދުމަށް ދެއްކި ހިތްވަރު އަދުގެ ޖީލަށް ދައްކައިދިނުން ކަމަށެވެ.
މި މައުރަޒުގައި ގާތްގަނޑަކަށް 200 އަށްވުރެ ގިނަ ޑިސްޕްލޭ ހުންނާނެއެވެ.
އެހެން އަހަރުތަކާއި ހިލާފަށް މި އަހަރު ފޮޓޯގެ އިތުރުން ނަސްރުގެ ދުވަހު ބޭނުންކުރި ބައެއް އަސްލު ހަތިޔާރާއި އެހެނިހެން ތަކެތި އާންމުންނަށް ދައްކާލުމަށް ވަނީ ބަހައްޓާފައެވެ.
މި މަައުރަޒު ކުރިއަށް ދާނީ މިއަދުން ފެށިގެން މި މަހުގެ ނުވަވަނަ ދުވަހުގެ ނިޔަލަށެވެ. އާންމުންނަށް މައުރަޒު ބަލައިލުމުގެ ފުރުސަތު ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން 12:00 އަށް، އަދި މެންދުރުފަހު 14:00 އިން 18:00 އަދި ރޭގަނޑު 20:00 އިން 22:00 އަށް ލިބޭނެއެވެ.
މި އަހަރުގެ ނަސްރުގެ ދުވަހުގެ ރަސްމިއްޔާތުތައް ފެށީ އިސްލާމީ މަރުކަޒުގައި ކުރި ފަތިސްނަމާދުންނެވެ. އަދި އެއަށް ފަހު ރައީސް ވަނީ ތިނެއް ނޮވެމަބަރުގެ ހަނދާނީ ބިނާގައި ބޭއްވި ދިދަނެގުމުގެ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވާފައިއެވެ.

ގާތްގަނޑަކަށް 18 ގަޑިއިރު ކުރިން

ގާތްގަނޑަކަށް 20 ގަޑިއިރު ކުރިން

ގާތްގަނޑަކަށް 20 ގަޑިއިރު ކުރިން

3 ދުވަސް ކުރިން

3 ދުވަސް ކުރިން

6 ދުވަސް ކުރިން

6 ދުވަސް ކުރިން

6 ދުވަސް ކުރިން