-8402fff9.png)

އެންސްޕާގެ އޮފީސް --- ފޮޓޯ/ މިހާރު
ކޮރަޕްޝަންގެ ތުހުމަތު މަތިވެ، އެމްއެމްޓީވީގެ ކުންފުނީގެ ފްލޯތަކުގައި ހިންގަމުން އައި ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން، މޯލްޑިވްސް މީޑިއާ ހައުސްއާއެކު ހެދި އެއްބަސްވުން އުވާލަން ނިންމައިފި އެވެ.
އެންސްޕާއިން ކުއްޔަށް ހިފާފައިވަނީ ކުރީގެ މިނިސްޓަރ އަހުމަދު ތަސްމީން އަލީގެ ގެއިން، ތިން ފްލޯ އެވެ. އެ ތަން ކުއްޔަށް ހިފާފައިވަނީ ފަސް އަހަރަށް 34 މިލިއަން ރުފިޔާއަށެވެ. އެ ފްލޯތައް ކުއްޔަށް ނަގާފައިވަނީ އަލަށް އެކުލަވާލި ޓީވީ ސްޓޭޝަނެއް ކަމަށްވާ އެމްއެމްޓީވީ ހިންގާ މޯލްޑިވްސް މީޑިއާ ހައުސް ކުންފުންޏާ އެއްކޮށެވެ.
އެންސްޕާއިން ބުނީ އެ އޮފީސް ކުއްޔަށް ހިފަން ޖެހުނީ މީގެ ކުރިން އޮފީސް ހިންގަމުން އައި މޫކައި ސުއިޓްސް އިމާރާތް މަރާމާތަށް ބަންދުކުރާތީ ހުސްކުރަން އެންގުމުން ކަމަށެވެ.
އެންސްޕާގެ ބަޔާނުގައި ވަނީ، މީޑިއާ ހައުސް ކުންފުނިން، އެ ކުންފުނީގެ އަގު ވައްޓާލައި ބަދުނާމު ކުރުމަށް ދޮގު ވާހަކަތައް ފަތުރަމުން ދިއުމުގެ ސަބަބުން ކުންފުންޏަށް މާއްދީ އަދި މައުނަވީ ގޮތުން ބޮޑު ގެއްލުން ކުރިމަތިވެފައިވާތީ، އެއްބަސްވުން ނިމުމަކަށް ގެނައުމަށް ނިންމާފައިކަމަށެވެ.
އެ އެއްބަސްވުމާ ގުޅިގެން މީސްމީޑިއާގައި ފާޑުކިޔުންތައް އަމާޒުވުމާއެކު އެންސްޕާއިން ވަނީ މައްސަލަ އޭސީސީއަށް ހުށަހެޅުމަށް ނިންމާފައެވެ.

5 މަސް ކުރިން

8 މަސް ކުރިން

10 މަސް ކުރިން

10 މަސް ކުރިން

11 މަސް ކުރިން

ގާތްގަނޑަކަށް 1 އަހަރު ކުރިން

2 އަހަރަށްވުރެ ގިނަ ކުރިން