-8402fff9.png)
މިރާޝް މޫސާ

ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން ދައުލަތުގެ އެހީގައި އައިވީއެފް ހެދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އާސަންދަ މެދުވެރިކޮށް ދަރިމައިވުމުގައި ދަތިތަކާކުރިމަތިވާ ފަރާތްތަކަށް ފަރުވާ ހޯދުމުގައި ލުއިފަސޭހަ ގޮތްތައް ހޯދައިދިނުމަކީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.
އެންސްޕާ އިން ނެރުނު އިއުލާނެއްގައި ބުނީ ދައުލަތުން އެހީތެރިކަން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓް ލިބޭ 50 ދެމަފިރިންނަށް ކަމަށެވެ. އަދިމި އެހީތެރިކަން ފޯރުކޮށްދިނުމުގައި އަމަލުކުރާނެ އުސޫލުތައް ވެސް މިހާރު ވަނީ އެންސްޕާގެ ވެބްސައިޓުގައި އާންމުކޮށްފައެވެ.
އެންސްޕާ އިން ބުނީ މި ހިދުމަތަށް އެދި ފޯމް ހުށައަޅަން ޖެހޭނީ https://one.gov.mv މެދުވެރިކޮށް ކަމަށާއި, މި އެހީތެރިކަމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 20 ވަނަ ދުވަހުން ފެށިގެން ޑިސެންބަރު މަހުގެ 20 ވަނަ ދުވަހުގެ މެންދުރު ފަހު 2:00 ގެ ނިޔަލަށް ހުޅުވާލެވިފައިވާނެ ކަމަށެވެ.

5 މަސް ކުރިން

8 މަސް ކުރިން

10 މަސް ކުރިން

10 މަސް ކުރިން

11 މަސް ކުރިން

ގާތްގަނޑަކަށް 2 އަހަރު ކުރިން

2 އަހަރަށްވުރެ ގިނަ ކުރިން