-8402fff9.png)
އަހްމަދު އިޒްމީމް
-a41fe890.jpg)
އިއްބެ ގޯލުޖެހުމަށްފަހު އުފާ ފާޅުކުރަނީ --- ފޮޓޯ / ސިޑިބަރި
ނައިންޓީ ޕްލަސް ގޯލްޑްކަޕްގައި ކ. ހުރާ ބަލިކޮށް އައްޑޫ ސިޓީ ދެވަނަ ބުރަށް ދަތުރުކޮށްފިއެވެ.
ގަލޮޅު ދަނޑުގައި ރޭ ކުޅުނު އެ މެޗު އައްޑޫއިން ކާމިޔާބުކުރީ 1-0 ގެ ހަނި ނަތީޖާއަކުންނެވެ.
އެ މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ފެނުނީ މޮޅުވުމުގެ ރޫހެވެ. މެޗުން މޮޅުވެ އައްޑޫއަށް ދެވަނަ ބުރުން ޖާގަ ޔަގީންވާއިރު ހުރާ މޮޅުވެގެން ވެސް އެ ޓީމަށް ދެވަނަ ބުރުން ޖާގަލިބެން އޮތެވެ. ނަމަވެސް އެ ޓީމު ބަލިވުމުން ދެން ޖެހޭނީ އެ ގްރޫޕްގެ ފަހު މެޗުގައި މިއަދު ހަވީރު ކ. ގުރައިދޫއާއި ޅ. ކުރެންދޫ ބައްދަލުކުރާ މެޗަށް މަޑުކުރާށެވެ. އެ މެޗުން ގުރައިދޫ މޮޅުވެގެން ހުރާއަށް ދެވަނަ ބުރުން ޖާގަ ލިބޭނެއެވެ.
މިހާރު އެ ގްރޫޕް އެތުރިފއިވާ ގޮތުން ރޭގެ މެޗުން މޮޅުވެ ތިން މެޗުން ފަސް ޕޮއިންޓު ހޯދައި އައްޑޫ އެއްވަނައިގައި އޮތްއިރު ދެވަނައިގައި އޮތީ ދެ މެޗު ކުޅެ ހަތަރު ޕޮއިންޓު ހޯދައިގެން ގުރައިދޫއެވެ. އަދި ތިންވަނައިގައި ތިން މެޗު ކުޅެގެން ދެ ޕޮއިންޓާއެކު އޮތީ ހުރާއެވެ. އަދި ގްރޫޕްގެ ފުލުގައި ކުރެންދޫ އޮތީ ދެ މެޗުކުޅެ އެއް ޕޮއިންޓު ހޯދައިގެންނެވެ.
ރޭގެ މެޗުގެ 33 ވަނަ މިނެޓުގައި އައްޑޫއިން ވަނީ ގޯލުޖަހައި މެޗުގެ ލީޑު ނަގައިފައެވެ. އެ ގޯލަކީ ހުރާ އޭރިއާތެރެއަށް ވަދެ އައްޑޫ ޓީމުގެ ހާޒިމް ފައުޒީ ވަދެ ހުރަސްކޮށްދިން ބޯޅައަކުން ތަޖުރިބާކާރު ފޯވާޑް އިބްރާހިމް ވަހީދު ހަސަން (އިއްބެ) ކާމިޔާބުކޮށްދިން ގޯލެކެވެ.
އެ ގޯލާއެކު ހުރާއިން ވަނީ ގޯލެއްޖަހައި މެޗުގެ ނަތީޖާހަމަހަމަ ކުރެވޭތޯ ގިނަ ހަމަލާތަކެއް އުފައްދާފައެވެ.

3 ދުވަސް ކުރިން
-fae7d00d.jpeg)
ގާތްގަނޑަކަށް 2 މަސް ކުރިން

2 މަސް ކުރިން
-035f590a.jpg)
4 މަސް ކުރިން

4 މަސް ކުރިން

4 މަސް ކުރިން

4 މަސް ކުރިން

5 މަސް ކުރިން