-8402fff9.png)
އަހްމަދު އިޒްމީމް

ފޮޓޯ/ ސިޑިބަރި
ނައިންޓީ ޕްލަސް ގޯލްޑް ކަޕްގައި ކ. ގުރައިދޫ ބަލިކޮށް ޅ. ކުރެންދޫއިން ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.
މިއަދު ހަވީރު ގަލޮޅު ދަނޑުގައި ކުޅުނު އެ މެޗު ކުރެންދޫއިން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ.
އެ މެޗަކީ ގްރޫޕް ސީ އިން ދެވަނަ ބުރަށް ދާނެ ޓީމުތައް ކަށަވަރުވާ މެޗެވެ. އެ މެޗުން މޮޅުވެ ކުރެންދޫއިން ވަނީ ކުޅުނު ތިން މެޗުން ހަތަރު ޕޮއިންޓު ހޯދައި ގްރޫޕްގެ ތިންވަނަ މަގާމު ހޯދައިފައެެވެ. މެޗުން ބަލިވި ގުރައިދޫއަށް ވެސް ވަނީ ތިން މެޗުން ހަތަރު ޕޮއިންޓު ލިބިފައެވެ. ނަމަވެސް އެ ޓީމަށް ކުރި ލިބެނީ ފައިދާ ގޯލުގެ ތަފާތުންނެވެ. އެ ގްރޫޕްގެ އެއްވަނައިގައި އައްޑޫ ސިޓީ އޮތީ ފަސް ޕޮއިންޓާއެކުއެވެ. ގްރޫޕްގެ ފުލުގައި އޮތް ހުރާއަަށް ވަނީ ތިން ޕޮއިންޓު ލިބިފައެވެ.
މިއަދުގެ މެޗުގެ ލީޑު ނެގުމަށް ގުރައިދޫއިން ވަނީ 36 ވަނަ މިނެޓުގައި ނުރައްކާތެރި ހަމަލާއެއް އުފައްދާފައެވެ. އޭރިއާ ބޭރުން އަހުމަދު ޝުއޫން ފޮނުވާލި ހަމަލާ ދިޔައީ ގޯލު ދަނޑިމަތިން ބޭރަށެވެ.
މެޗުގެ 40 ވަނަ މިނެޓުގައި ގުރައިދޫއިން ވަނީ އިތުރު ހަމަލާއެއް އުފައްދާފައެވެ. އިޝާފްމުހައްމަދު ފިރާޤް ތަނަވަސްކުރި ފުރުސަތަކުން ނާއިޝް މުހައްމަދު އޭރިއާ ބޭރުން ފޮނުވާލި ހަމަލާ ދިފާއުކުރީ ކުރެންދޫގެ ކީޕަރަކަށް ކުޅެމުންއަންނަ ސްރީލަންކާގެ ކެޕްޓަން ސޫޖަން ޕަރޭރާއެވެ.
މެޗުގެ 65 ވަނަ މިނެޓުގައި ކުރެންދޫއަށް ވެސް ވަނީ ގޯލު ޖަހާނެ ރަނުގެ ފުރުސަތެއް ލިބި ބޭކާރުވެފައެވެ. ކުރެންދޫގެމުހައްމަދު ރަފްހާން އަބްދުލްޤައްޔޫމް އޭރިއާ ތެރޭގައި ހުރެ ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ ގޯލުގެ އަރިމަތީ ދަނޑިއެވެ.
މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު 67 ވަނަ މިނެޓުގައި ކުރެެންދޫއަަށް ޖަހައިދިނީ ބެލްޖިއަމް މިޑްފީލްޑަރު، ޖޯޑީ ބާޓްއެވެ. އޭނާ އެ ގޯލު ޖެހީ އަބްދުލްރަހްމާން ސަމާއު ނަގައިދިން ހުރަހެއް ގޯލުގެ ތިރީ ކަނަށް އަމާޒުކޮށްލައިގެންނެވެ.

16 ދުވަސް ކުރިން

25 ދުވަސް ކުރިން

4 މަސް ކުރިން

4 މަސް ކުރިން

5 މަސް ކުރިން

12 މަސް ކުރިން
1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން