-8402fff9.png)
-6d139833.jpg)
ޒެނީޝާ ފަތުހީ

ތައިލެންޑާއި ރައްޖެއާއި ދެމެދު ވެވުނު އެއްބަސްވުމުގައި ސޮއިކުރަނީ-- ފޮޓޯ: ސަރުކާރު
ކުޅިވަރުގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ ގޮތުން ތައިލެންޑާއެކު ރާއްޖެއިން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ތައިލެންޑްގައި އޮތް ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ސްޕޯޓްސް މިނިސްޓަރު ޢަބްދުالله ރާފިޢުއެވެ. އަދި ތައިލެންޑުގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެސްޕޯޓްސް މިނިސްތާރު ޕަތުޕޮންގު ޕޮންގުސަކުލްއެވެ.
މި ރަސްމިއްޔާތުގައި ރާއްޖެއިން ތައިލެންޑަށް ކަނޑައަޅުއްވާފައިވާ ސަފީރު ފުވާދު ތައުފީޤު ހިމެނޭހެން ރާއްޖޭގެ އިސް ވަފުދަކުން ވެސް ވަނީ ބައިވެރިވެވަޑައިގެންފަވެއެވެ. އަދި މި ރަސްމިއްޔާތުގެ ތެރެއިން ރާއްޖެއާއި ތައިލެންޑާ ދެމެދު ހިޔާލާއި މަޝްވަރާތައް ވަނީ ބަދަލުކުރެވިފައެވެ.
މި އެއްބަސްވުމުގެ ދަށުން 33 ވަނަ ސީ ގޭމްސް އަދި 13 ވަނަ އާސިއާން ޕެރެ ގޭމްސް އެގައުމުގައި ބާއްވާނެކަމަށް ތައިލެންޑްގެ މިނިސްޓަރު ޕަތުޕޮންގް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ތައިލެންޑާއި ރާއްޖެއާ ދެމެދު މި ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާވާނެކަމަށް ގަބޫލުކުރައްވާކަމަށެވެ.

16 ދުވަސް ކުރިން

25 ދުވަސް ކުރިން

4 މަސް ކުރިން

4 މަސް ކުރިން

5 މަސް ކުރިން
1 އަހަރަށްވުރެ ގިނަ ކުރިން

ގާތްގަނޑަކަށް 2 އަހަރު ކުރިން

ގާތްގަނޑަކަށް 2 އަހަރު ކުރިން