-8402fff9.png)

އެފްއެސްއެމްގެ އާ އެމްޑީ ފާތިމަތު އާޝާން
ފިއުލް ސަޕްލައިސް މޯލްޑިވްސް (އެފްއެސްއެމް)ގެ މެނޭޖިން ޑިރެކްޓަރު ކަމަށް ފާތިމަތު އާޝާން ހަމަޖައްސައިފިއެވެ.
އެސްޓީއޯ ގުރޫޕުގެ ދަށުން ހިންގާ އެފްއެސްއެމްގެ އެމްޑީއަކަށް އާޝާން ހަމަޖައްސާ، ސޮއިކޮށްފައިވަނީ މިއަދުއެވެ. އޭނާ އަކީ އެ ގުރޫޕުގެ ކުންފުންޏެއްގެ ވެރިއަކަށް އަންހެނަކު އައްޔަނުކުރި ފުރަތަމަ ފަހަރެވެ.
އާޝާން ވަނީ މީގެ ކުރިން ވެސް އެސްޓީއޯ ގުރޫޕުގެ އިސް މަގާމުތަކެއް ފުރުއްވާފައެވެ. އެގޮތޮުން އެސްޓީއޯގެ ސީނިއާ ޖެނެރަލް މެނޭޖަރު ކަމާއި، މިފްކޯގެ ޑެޕިއުޓީ ސީއީއޯކަން އޭނާ ކުރެއްވިއެވެ.
އެފްއެސްއެމްގެ އެމްޑީގެ މަގާމު ހުސްވެފައިވަނީ އެ ކުންފުނީގެ ވެރިއަކަށް ހުންނެވި އިސްމާއީލް ސުހައިލް އެ މަގާމުން އިސްތިއުފާ ދެއްވުމުންނެވެ. މަގާމުގައި ހުންނެވިއިރު އޭނާއަށް ވަނީ ކޮރަޕްޝަންގެ ތުހުމަތުތަކެއް ކުރެވިފައެވެ. އޭނާ މަގާމުން ވަކިވި ފަހުން، އެފްއެސްއެމްގެ މުވައްޒަފުންތަކެއް ތެލުން ވައްކަންކޮށް، މަނީ ލޯންޑާކުރި މައްސަލައެއް ފުލުހުން ބަލަމުންދާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވަނީ ވިދާޅުވެފައެވެ.
އޭނާ ވިދާޅުވީ އެ މައްސަލައިގައި އެފްއެސްއެމްގެ ބައެއް ބާޖުތަކަށާއި، މުވައްޒަފުންގެ ގޭގެއަށް ފުލުހުން ވަދެ، ބަލާ ފާސްކޮށްފައިވާ ކަމަށެވެ. އެނގިފައިވާ ގޮތުގައި ކުންފުނީގެ ބައެއް މުވައްޒަފުންވަނީ އެ މައްސަލައިގައި ވަޒީފާއިން ވަކިކޮށްފައެވެ.
-b528a0c9.jpeg)
13 ދުވަސް ކުރިން

ގާތްގަނޑަކަށް 2 އަހަރު ކުރިން

ގާތްގަނޑަކަށް 2 އަހަރު ކުރިން

ގާތްގަނޑަކަށް 2 އަހަރު ކުރިން

ގާތްގަނޑަކަށް 2 އަހަރު ކުރިން

2 އަހަރަށްވުރެ ގިނަ ކުރިން