-8402fff9.png)
އާއިޝަތު ޝިޔާއު ހުސައިން

އެފްއެސްއެމްއިން ދެ ރަށަކަށް ވިއްކި ތެލުގައި ފެން ހުރި ކަމަށް ބުނާ ވާހަކަ އެ ކުންފުނިން މިއަދު ދޮގުކޮށްފިއެވެ.
އެ ކުންފުނިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެ ކުންފުނިން ގއ. މާމެންދޫ އަދި ގއ. ނިލަންދުއަށް ވިއްކި ތެލުގައި ގިނަ އަދަދަކަށް ފެން ހުރި ކަމަށް ލިޔެ މީސްމީޑިއާގައި ދައުރުވަމުންދާ ޚަބަރަކީ ތެދު ޚަބަރެއް ނޫން ކަމަށެވެ.
އަދި އެ ކުންފުނިޖން ވިއްކާ ތެލަކީ ކޮލިޓީކަން ޔަގީން ކޮށްދިނުމަށް ފެނަށް ޓެސްޓު ކުރެވޭނެ އިންތިޒާމު ހުރިހާ ބާޖެއްގައި އަބަދުވެސް ހަމަޖެހިފައި ހުންނާނެ ކަމުގެ ޔަގީން ކަން އެ ކުންފުނީގެ ކަސްޓަމަރުންނަށް ދޭ ކަމަށްވެސް ނޫސް ބަޔާނުގައިވެއެވެ.
އަދި އެފްއެސްއެމުން ވަނީ ތެލުގެ ކޮލިޓީ ދެމެހެއްޓުމަށް ތެޔޮ ވިއްކާ މީހުން، އެކަމަށް ހެދިފައިވާ ޤަވާއިދު ތަކާއި އެއްގޮތަށް ތެޔޮ ރައްކާކުރާ އިންތިޒާމުތައް ތަރައްގީ ކުރުމަށާއި، ކަމާ ބެހޭ ފަރާތްތަކުގެ ލަފައާއި އެއްގޮތަށް އަމަލު ކުރުމަށް އިލްތިމާސްކޮށްފައެވެ.
-b528a0c9.jpeg)
13 ދުވަސް ކުރިން

ގާތްގަނޑަކަށް 2 އަހަރު ކުރިން

ގާތްގަނޑަކަށް 2 އަހަރު ކުރިން

ގާތްގަނޑަކަށް 2 އަހަރު ކުރިން

ގާތްގަނޑަކަށް 2 އަހަރު ކުރިން

ގާތްގަނޑަކަށް 2 އަހަރު ކުރިން

ގާތްގަނޑަކަށް 2 އަހަރު ކުރިން