-8402fff9.png)
ސައިފުﷲ އަލީ

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން ---
އެސްޓީއޯގެ ދަށުން ހިންގާ އެފްއެސްއެމްގެ މުވައްޒަފުންނަށް ތުހުމަތުވާ ތެލުގެ ވައްކަމާއި، މަނީ ލޯންޑަރިންގެ މައްސަލައާ ގުޅިގެން އެސްޓީއޯގެ ބޯޑު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހާޒިރުކުރުމަށް ފާސްކޮށްފިއެވެ.
މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އެ މައްސަލަ ހުށަހެޅުއްވީ ދިއްގަރު ދާއިރާގެ މެންބަރު، މަޖިލީހުގެ ނާއިބު ރައީސް އަހްމަދު ނާޒިމެވެ. އެސްޓީއޯގެ ބޯޑާއި، އޮޑިޓް ކޮމިޓީގެ މެންބަރުން ކޮމިޓީއަށް ހާޒިރުކުރުމަށް ވަނީ އިއްތިފާގުން ފާސްކޮށްފައެވެ.
މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި މަޝްވަރާކޮށްފައިވަނީ އެމްޕީއެލްއިން 2018، 2019 ދެމެދު ޑީސަލް ގަތުމުގެ މުއާމަލާތްތަކާ ގުޅޭ ޚާއްސަ އޮޑިޓް ރިޕޯޓަށެވެ.
މިއަދުގެ ކޮމިޓީގައި ވަނީ އެ މައްސަލައާއި، އަދި އެމްޕީއެލްގެ ފްލެޓާގުޅޭ ޚިޔާނާތުގެ މައްސަލައިގައި ގެއްލިފައިވާ ފައިސާ އަނބުރާ ހޯދުމަށް ކުރި މަސައްކަތާ ބެހޭ ގޮތުން ވާހަކަދެއްކުމަށް އެ ކުންފުނީގެ ބޯޑު ވެސް ހާޒިރުކުރުމަށް ފާސްކޮށްފައެވެ.
އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ، އެފްއެސްއެމްގެ ތެލުގެ ޚިޔާނަތް 50 މިލިއަން ރުފިޔާއަށް އަރާ ކަމަށް މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ.
އެ މައްސަލަ ބެލުމަށް އެފްއެސްއެމްގެ ބައެއް ބާޖުތަކަށާއި، ބައެއް މުވައްޒަފުންގެ ގޭގެއަށް ފުލުހުން ވަދެ ބަލާ ފާސްކޮށްފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވަނީ ދާދި ފަހުން ވިދާޅުވެފައެވެ.
އެ މައްސަލަ ފެންމަތިވެފައިވަނީ އެފްއެސްއެމްގެ އެމްޑީ އިސްމާއީލް ސުހައިލް ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވާފައިވަނިކޮށެވެ.

3 ދުވަސް ކުރިން

4 ދުވަސް ކުރިން
-b528a0c9.jpeg)
13 ދުވަސް ކުރިން

16 ދުވަސް ކުރިން

22 ދުވަސް ކުރިން

23 ދުވަސް ކުރިން

24 ދުވަސް ކުރިން
-9d59190a.jpg)
25 ދުވަސް ކުރިން