-8402fff9.png)

ޢާއިޝަތު ޢަލްޔާ ޢާރިފް

އެފްއެސްއެމްއިން ހިންގާ ޕެޓްރޯލް ޝެޑެއް -- ފޮޓޯ: ނުކުތާ
އެފްއެސްއެމްގެ ތެލުގެ ވައްކަމާ ގުޅިގެން މިއަދު ބޭއްވި މާލިއްޔަތު ކޮމިޓީގެ އަޑުއެހުން ސިއްރުކޮށްފިއެވެ.
މިއަދު މާލިއްޔަތު ކޮމިޓީއިން މަޝްވަރާކުރުމަށް ނިންމަވައިފައި ވަނީ އެފްއެސްއެމް ގެ މުވައްޒަފުންތަކެއް ތެލުން ވައްކަންކޮށް މަނީ ލޯންޑާކުރި މައްސަލައާ ގުޅިގެންނެވެ. މި ކޮމިޓީގައި ވަނީ އެސްޓީއޯގެ ބޯޑު މެމްބަރުން ބައިވެރިވެފައެވެ.
ކޮމިޓީ ފައްޓަވަމުން މައްސަލައިގެ ކުރުު ތައާރަފެއް ދެއްވުމަށްފަހު ކޮމިޓީގެ މުގައްރިރު އަދި އޭދަފުށީ ދާއިރާގެ މެންބަރު އަހްމަަދު ސަލީމް ވަނީ ކޮމިޓީ ސިއްރުކުރަން ފެނޭތޯ އެސްޓީއޯގެ ބޯޑު މެންބަރުން ގާތުގައި އައްސަވަފައިފައެވެ. ޖަވާބުގައި "އަޅުގަނޑަށް ރަނގަޅީ ސިއްރު ކުރިއްޔާ" ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝިމާދު ވިދާޅުވިއެވެ.
އެފްއެސްއެމްގެ ތެލުގެ މައްސަލަ ފެންމަތިވެފައިވަނީ އެފްއެސްއެމްގެ ކުރީގެ އެމްޑީ އިސްމާއީލް ސުހައިލް ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވާފައިވަނިކޮށެވެ. އަދި މި މައްސަލަ ބެލުމަށް އެފްއެސްއެމްގެ ބައެއް ބާޖުތަކާއި ބައެއް މުވައްޒަފުންގެ ގެތަކަށް ފުލުހުން ވަދެ ބަލާ ފާސްކޮށްފައިވެއެވެ.
-b528a0c9.jpeg)
13 ދުވަސް ކުރިން

12 މަސް ކުރިން

ގާތްގަނޑަކަށް 2 އަހަރު ކުރިން

ގާތްގަނޑަކަށް 2 އަހަރު ކުރިން

ގާތްގަނޑަކަށް 2 އަހަރު ކުރިން

ގާތްގަނޑަކަށް 2 އަހަރު ކުރިން

ގާތްގަނޑަކަށް 2 އަހަރު ކުރިން

ގާތްގަނޑަކަށް 2 އަހަރު ކުރިން